ޣައްޒާގެ ރައްޔިތުން އެތަނުން ބޭލުމާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅު އެމެރިކާގެ ސެނެޓަރު ބާނީ ސޭންޑާސް ކުށްވެރި ކުރައްވައިފިއެވެ.
އޭނާ ވަނީ ޓްރަމްޕްގެ ވާހަކަފުޅުތަކަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި އަދި އެއީ ނަސްލު ނައްތާލުމަށް ގޮވާލުން ކަމަށް ވިދާޅުވެފައެވެ.
"ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ބޭނުންފުޅުވަނީ ޣައްޒާ 'ސާފުކޮށްލުމަށް' އަދި އެތަނުގައި ދިރިއުޅޭ މިލިއަން ފަލަސްޠީނު މީހުން އަވައްޓެރި ޤައުމުތަކަށް ފޮނުވާލުމަށް ކަމަށް،" ސޭންޑާސް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ސޭންޑާސް އިތުރަށް ވިދާޅުވެފައިވަނީ: "މިކަމަށް ކިޔާ ނަމެއް އެބައޮތް - ނަސްލު ނައްތާލުން - އަދި އެއީ ހަނގުރާމައިގެ ކުށެކެވެ."
މިފަދަ ވާހަކަތަކަށް ވަރުގަދައަށް އިދިކޮޅު ހެދުމަށް ގޮވާލައްވައި ސޭންޑާސް ވިދާޅުވެފައިވަނީ: "މި ނުބައި ޚިޔާލު އެމެރިކާގެ ކޮންމެ މީހަކުވެސް ކުށްވެރިކުރަންވާނެއެވެ."
ސޭންޑާސްގެ ވާހަކަފުޅާ އެއްގޮތަށް، ސައުތު ކެރޮލައިނާގެ ރިޕަބްލިކަން ސެނެޓަރު ލިންޑްސޭ ގްރެހަމް ވެސް ވަނީ ފަލަސްތީނު ރައްޔިތުން ޣައްޒާ އިން އެހެން ޤައުމުތަކަށް ފޮނުވާލުމުގެ ވިސްނުމަށް ފާޑު ވިދާޅުވެ، އެއީ "ޢަމަލީގޮތުން ކުރެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެފައެވެ.