ކ. މާލެ
|
26 ޖެނުއަރީ 2025 | އާދީއްތަ 11:38
"ވިޝަންސް އޮފް ދަ ފިއުޗަރ" ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ
"ވިޝަންސް އޮފް ދަ ފިއުޗަރ" ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުން
ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ އިލްތިމާސްކުރައްވައިފި
މީޑިއާތަކުން ކޮންޓެންޓު އުފެއްދުމުގައި ސަމާލުވާން ޖެހޭ
ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދޭންޖެހޭ
ދާއިރާއާ މެދު ޝައުގުވެރިކަން އުފެއްދުމަކީ މުހިންމުކަމެއް

ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިގޮތަށް އިލްތިމާސްކުރެއްވީ "ވިޝަންސް އޮފް ދަ ފިއުޗަރ" ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ މީޑިއާތަކާއި، ނޫސްވެރިން ޒިންމާދާރު ކަމާއެކު ކަމަށްކަމޭ ހިތައިގެން މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. މީޑިއާތަކުން ކޮންޓެންޓު އުފެއްދުމުގައި ސަމާލުވާން ޖެހޭކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދޭން ޖެހޭ ކަމަށެވެ. އަދި އެ ދާއިރާއާ މެދު ޝައުގުވެރިކަން އުފެއްދުމަކީ މުހިންމުކަމެއް ކަމަށެވެ.

ރާއްޖޭގައި ހިނގާދިޔަ ހާދިސާތަކުގައި ބްރޯޑްކާސްޓަރުން އަދާކުރި މުހިންމު ދައުރު އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ހިނގައިދިޔަ އެކިއެކި ކާރިސާތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ވިދާޅުވީ އެނަމާ ބޯޓުގެ ކާރިސާ އަދި ސުނާމީ ކާރީސާ މިފަދަ ކޮންމެ ވަގުތެއްގައި ވެސް ބްރޯޑްކާސްޓިން ދާއިރާއިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ސާޖިދާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ކުރެހުމުގެ މުބާރާތް ފަދަ ހަރަކާތްތައް މެދުވެރިކޮށް، ދަރިވަރުންގެ ކެރިއަރ ބިނާކުރުމަށް އެހީތެރިއަކަށްވާނެ ކަމަށެވެ. އަދި ގައުމެއްގެ ނިސްބަތުގައި ޓީވީ އާއި ރޭޑިއޯ އަދާކުރާ ދައުރު، ފަހުގެ ޖީލުތަކަށް އެނގުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ކުޑަކުދިންގެ މެދުގައި އެ ދާއިރާގެ ޝައުގުވެރިކަން އުފެއްދުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެކަމަނާ ވަނީ، "ވިޝަންސް އޮފް ދަ ފިއުޗަރ" ގެ ކުރެހުންތައް ވެސް ބައްލަވާލައްވާފައެވެ.

- ކޮމެންޓް