ކ. މާލެ
|
22 ޖެނުއަރީ 2025 | ބުދަ 09:43
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ލީލް ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް
މޮޅާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓާ އެކު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލީލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން އެއް ވަނައިގައި، ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖަަހައި ކުރި ހޯދާފައި ވަނިކޮށް، ލީލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ލަނޑެއް ޖަހައިގެން ލިވަޕޫލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލިވަޕޫލް އަށް ކުރި ހޯދައިދިނީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ. އޭނާ އެ ލަނޑު ޖެހީ ކާޓިސް ޖޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލީލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޮނަތަން ޑޭވިޑް އެވެ. ލީލް އިން ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނެޓު ފަހުން، ލިވަޕޫލަށް އަލުން ލީޑު ހޯދައިދިނީ ހާވޭ އެލިއޮޓް އެވެ.

މޮޅާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓާ އެކު އެވެ. އާން ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން އަންނަނީ ޗެމްޕިއަންސް ލީގުގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން، ޕްރިމިއާ ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ވެސް ލިވަޕޫލް އެވެ.

ލީލް އަތުން މޮޅުވެ ލިވަޕޫލް އިން ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގައެއް ވެސް ކަށަވަރު ކޮށްފަ އެވެ.

- ކޮމެންޓް