ކ. މާލެ
|
19 ޖެނުއަރީ 2025 | އާދީއްތަ 18:44
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ
ރާއްޖެއެމްވީ
އިގްތިސާދު
މި ސަރުކާރު އައި އިރު އޮތީ ރަނގަޅު އިގްތިސާދެއް، އެކަން ހަލާކުކުރީ ވައްކަން ކޮށްގެން - ޔައުގޫބް
މާލީ ހާލަތު ދަށްވެ ކުންފުނިތަކުން ބިލްތަކަށް ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ނެތް
2023 ވަނަ އަހަރުގެ ކުންފުނިތަކުގެ ހިންގުން ރަނގަޅު
ވައްކަންކުރަނީ ކުންފުނިތަކަށް އެކި ނަންނަމުގައި ފައިސާ ދީގެން ކުންފުނިތައް މެދުވެރިކޮށް

މި ސަރުކާރު ވެރިކަމަށް އައި އިރު އޮތީ ވަރުގަދަ އިގްތިސާދެއް ކަމަށާއި، އިގްތިސާދު ފުނޑެން ދިމާވި ވައްކަންކުރުމުގެ ސަބަބުން ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ފުދިއްޖެ-ފުނޑިއްޖެ" ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ އިގްތިސާދު ރަނގަޅު ނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ރަނގަޅު ވާނެ ކަމަަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ކުންފުނިތަކުގެ ހިންގުން ރަނގަޅު ކަމަށެވެ. އަދި 2024 ވަނަ އަހަރު ވިޔަފާރިތައް އޮޑިޓްކުރަން ބަލާއިރު، ގޯސްކޮށް ފެންނާނެ ކަމަށާއި، ސަބަބަކީ މާލީ ހާލަތު ގޯސްވުން ކަމަށެވެ.

ޔައުގޫބް ވިދާޅުވީ މާލީ ހާލަތު ދަށްވެ ކުންފުނިތަކުން ބިލްތަކަށް ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި ހުރިހާ އާމްދަނީއެއް ކްރެޑިޓް ވެފައިވާ ކަމަށާއި، މިފަދައިން ދިމާވަނީ ސަރުކާރު ހިންގާ ސިޔާސަތާއި ކުރާ ވައްކަމުގެ ސަބަބުން ކަމަށެވެ.

ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާއާއި ރައްޔިތުންނަށް ކުރަންޖެހޭ ކަންކަމުގެ ފައިސާ ބަޖެޓުގައި ޖަހާފައި އެއަށްވުރެ ގިނައިން އާމްދަނީ ލިބުނު އިރުވެސް އެ ފައިސާ ހުސްވެ އަނެއްކާވެސް 5 ބިލިއަން ފާސްކުރަންޖެހުނީ. ރާއްޖޭގެ ތާރީހުގައި އަލަށް ބަޖެޓް، ހާއްސަކޮށް ފިނޭންސް މިނިސްޓަރު ބަޖެޓާއި ގުޅިގެން ޖަވާބުދާރީ ވާންޖެހޭ މުއައްސަސާ ކަމުގައިވާ މަޖިލީހުގެ ކޮމިޓީއަށް ވެސް ބަޖެޓް ހުސްކުރި ގޮތް ސިއްރުކުރަން ފާސްކުރީ. އެހެންވީމާ މިއީ ސިއްރުވެރި ސަރުކާރެއް.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަލާކުވެގެންދަނީ ވައްކަން ގިނަކަމުން ކަމަށެވެ. އަދި އެކަން ކުރަނީ ކުންފުނިތަކަށް އެކި ނަންނަމުގައި ފައިސާ ދީގެން ކުންފުނިތައް މެދުވެރިކޮށް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ވަޒީރުންވެސް ވައްކަންކުރަނީ. އެމްޑީން ވެސް ވައްކަން ކުރަނީ. އަދި ކުރާ ވައްކަމުގެ އެއްބައި ދޭންޖެހޭ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް. މެންބަރުންގެ ވައްކަންކުރުން އޮތް ހިސާބަކީ މެންބަރުންގެ ރައްޓެހިން އެބަބުނޭ އެހެން މީހުން ކައިރީގައި ލައްކައެއް ނުވަތަ ދޮޅުލައްކައެއްހާ ރުފިޔާ ދިނީމާ މިވެނި ތަނަކުން ވަޒީފާ ނުވަތަ އެހެންކަމެއް ކޮށްދޭނަމޭ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ ކޮންމެ ދުވަހަކުވެސް އަޑުއިވެގެންދަނީ ވައްކަމުގެ ވާހަކަ ކަމަށާއި، މި ސަރުކާރާއި މެދު ރައްޔިތުން މިހާރު ފޫހިވެއްޖެ ކަމަށެވެ.

- ކޮމެންޓް