ކ. މާލެ
|
17 ޖެނުއަރީ 2025 | ހުކުރު 18:53
މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ މީހާ ސަލާމަތްކުރަނީ
މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ މީހާ ސަލާމަތްކުރަނީ
މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ މީހާ
މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ މީހާގެ ހާލު ސްޓޭބަލް - ފުލުހުން
ފުލުހުން ދަނީ މި މައްސަލަ ބަލަމުން
ފުލުހުން ބުނިގޮތުގައި އޮޔާދަމައިގަތް މީހާ އަކީ ވިލިމަލޭގައި މޫދަށް އެރި އުޅުނު މީހެއް

މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތް މީހަކު އެމްޓީސީސީގެ ފެރީއަކުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި އޮޔާދަމައިގަތް މީހާ އަކީ ވިލިމަލޭގައި މޫދަށް އެރި އުޅުނު މީހެކެވެ. އެ މީހާ އޮޔާ ދަމައިގަތް ކަމުގެ ރިޕޯޓް ލިބިފައި ވަނީ ހުކުރު ދުވަހު 15:55 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމީހާ އެމްޓީސީސީގެ ފެރީއަކަށް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ އަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި އޭނާޣެ ހާލު ސްޓޭބަލްއެވެ.

ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.

- ކޮމެންޓް