ކ. މާލެ
|
17 ޖެނުއަރީ 2025 | ހުކުރު 18:51
ވިލުފުށީ މިސްކިތުގެ ތެރޭގައި ކުޅިވަރު ކުޅޭ މަންޒަރާއި މިނިސްޓަރު ޝަހީމް އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓް
ވިލުފުށީ މިސްކިތުގެ ތެރޭގައި ކުޅިވަރު ކުޅޭ މަންޒަރާއި މިނިސްޓަރު ޝަހީމް އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓް
ރާއްޖެއެމްވީ
ވިލުފުށީ މިސްކިތުގައި ކުޅިވަރު ކުޅުނު މައްސަލަ
މިސްކިތުގެ ހުރުމަތްކެނޑި މައްސަލަ - މިނިސްޓަރު ވިދާޅުވީ އެކަން ކުރީ މިސްކިތެއްކަމަށް ބެލެވޭ ތަނެއްގައި ކަމަށް
މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ
މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ ސަމާލުކަމަށް އައިސްފައި

ތ. ވިލުފުށީ މިސްކިތުގައި ދެޖިންސު މަސްހުނިވެ ކުޅިވަރު ކުޅޭ ވީޑިއޯގައި ފެންނަނީ މިސްކިތެއް ކަމަށް ތަނެއްގައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ތ. ވިލުފުށީ މިސްކިތުގެ ތެރޭގައި ދެ ދިންސުގެ މީހުން ބޯމަތީގައި ހުސްތައްޓެއް ބަަހައްޓައިގެން ކުޅިވަރެއް ކުޅޭތަނެވެ. އެތަނުގައި ދިވެހިންގެ އިތުރުން ބިދޭސީންވެސް ތިއްބެވެ. އަދި ބިދޭސީން އަންހެނުންގެ ތެރޭގައި އައުރަ ނިވާނުވާގޮތަށް ހެދުން އަޅައިގެން ތިބި މީހުން ވެސް ތިބިތަން ފެނެއެވެ.

ދެޖިންސު މަސްހުނިވެ މިސްކިތުގެ ތެރޭގައި ކުޅިވަރު ކުޅުނު އިރު މިސްކިތުގެ ތެރޭގައި އަތްޖަހާ ހަޅޭލަވާ ފޯރިނަގާތަން ފެނެއެވެ. މިއާއެކު މި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ ސަރުކާރާއި އިސްލާމިކް މިނިސްޓަރަށް އަންނަނީ ފާޑުކިއުންތައް އަމާޒުވަމުންނެވެ.

މި މައްސަލައާއި ގުޅިގެން ހުކުރު ދުވަހު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ ސަމާލުކަމަށް އައިސްފައި ކަމަށެވެ. މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ފަށާފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައިވެއެވެ.

މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ ސަމާލުކަމަށް އައިސްފަ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު

ވިލުފުށީ މިސްކިތުގައި ކުޅިވަރުކުޅުނު ތަނުގައި މާތްﷲ ގެ ކަލާމްފުޅާއި، ބިމުގައި މިސްކިތުގައި އަޅާ ކަހަލަ ކާޕެޓް އަޅާފައި ހުރިތަން ވީޑިއޯއިން ފެނެއެވެ.

މި މައްސަލައާއި ގުޅިގެން ވިލުފުށީ ކައުންސިލުން ބައެއް ނޫސްތަކަށް ބުނެފައިވަނީ އެތަނަކީ މާލަމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަނެއް ކަމަށެވެ. އަދި ދީނާ ޚިލާފު އެއްވެސް ކަމެއް އެތަނުގައި ހިނގާފައި ނުވާނެކަމަށް ބުނެފައިވެއެވެ.

ވިލުފުށީ މިސްކިތު ތެރޭގައި ކުޅިވަރު ކުޅުނު މައްސަލަ ހޫނުވެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު، މި ސަރުކާރަށް ތާއިދުކުރާ ދީނީ އިލްމުވެރިން އެކަމާއި ބަސްނުބުނާތީ އާންމުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.

- ކޮމެންޓް