ކ. މާލެ
|
10 ޖެނުއަރީ 2025 | ހުކުރު 17:02
ސަފާރީން ގެއްލިގެން ހޯދަމުން ދިއަ މީހާ މަރުވެފައި އޮއްވާ ފެނުން. ފޮޓޯ: އެމްޑީއެފް
ސަފާރީން ގެއްލިގެން ހޯދަމުން ދިއަ މީހާ މަރުވެފައި އޮއްވާ ފެނުން. ފޮޓޯ: އެމްޑީއެފް
އެމްއެންޑީއެފް
ސަފާރީން ގެއްލިގެން ހޯދަމުން ދިއަ މީހާ މަރުވުން
ސަފާރީން ގެއްލިގެން ހޯދަމުން ދިއަ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުން ދިއަ މީހާ މަރުވެފައި އޮވާ ފެނުނީ މޫދު އަޑިން

ބުރާސްފަތި ދުވަހުގެ ސަފާރީއަކުން ވެއްޓިގެން ހޯދަން ފެށި މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ސަފާރީއެއްގައި ދަތުރުކުރަމުން ދަނިކޮށް ކަނޑަށް ވެއްޓިގެން، ފުލުހުންނާއި ސިފައިން ގުޅިގެން ގެއްލުނު އެމީހާ ހޯދުމުގެ މަސައްކަތް ފެށީ މިއަދުއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ސީވީޑް، ނ. ހޮޅުދޫ، އަލީ އަރުޝަދު (35އ) އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު އެ މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު ހޯދީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނެވެ. އެ ޑައިވަރުން އަރުޝަދުގެ ހަށިގަނޑު މެންދުރު ފަހު 15:35 އެހާކަންހާއިރަށް ލޯންޗަށް ނެގި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ މީހާ ރޭގެ ވަގުތެއްގައި އެ ސަފާރީގެ ޑެކް މަތީ ހުއްޓައި ވެއްޓި، އަރިމަތީ ޑެކްގައި ޖެހި މޫދަށް ވެއްޓިފައިވާކަން ސީސީޓީވީ ކެމެރާ ފުޓޭޖުން އެނގޭ ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

ފުލުހުން ބުނީ އަރުޝަދުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއަކު ވެސް ލޯންޗެއްގެ ބުރަފަތީގައި ޖެހި މަރުވިއެވެ.

- ކޮމެންޓް