ކ. މާލެ
|
2 ޖެނުއަރީ 2025 | ބުރާސްފަތި 14:08
ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަޙިމް
ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަޙިމް
ރާއްޖެއެމްވީ
ޚިޔާނާތުގެ މައްސަލަތައް
ޚިޔާނާތުގެ ގޮތުގައި ގެއްލުނު ފައިސާ ނުހޯދެނީ ކަން ކުރި މީހާ އަށް ވިސްނައިގެން، މައްސަލަ ބަލާތީ - އަބްުދުއްރަހީމް
ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ވެސް ނެތް ކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ

ޚިޔާނާތުގެ ގޮތުގައި ގެއްލުނު ފައިސާ ނުހޯދެނީ ކަން ކުރި މީހާ އަށް ވިސްނައިގެން، މައްސަލަ ބަލާތީ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އިރު އެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ މީހާ އާއި މެދު ވަރަށް ގިނަ ފަހަރު ވިސްނޭ ކަމަށެވެ. އެ މީހާ އަކީ ނުފޫޒު ގަދަ މީހަކަށް ވެސް ވެދާނެ ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް އެފަދަ މައްސަލަތައް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާނާތްތެރިވީ ވަޒީރަކަށް ވިޔަސް، ކުރީގެ ރައީސަކަށް ވިޔަސް އެކަން ބަލާ ފިޔަވަޅުއަޅަން ޖެހޭ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެެންކަމުން ޚިޔާނާތުގެ މައްސަލަތައް ބެލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވަނީ އެ ކަމުގެ ތުހުމަތު ކުރެވޭ މީހާ އަށް ނޫން ކަމަށާއި އެ މީހަކު ކުރި ކަމަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކޮރަޕްޝަން ހިންގި މީހާ އަށް ބަލައިގެން ފިޔަވަޅު އަޅާތީ ޚިޔާނާތުގެ ފައިސާ ނުހޯދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޤައުމަށް ޚިޔާނާތްތެރިވެއްޖެ ނަމަ އެއީ ކޮންމެ މީހެއް ކަމަށް ވީ ނަމަވެސް މައްސަލަ ބެލެންވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކޮރަޕްޝަން ހިންގާ މީހުންނާއި މެދު ކަންކަން ކުރަން ޖެހޭނީ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ މަސައްކަތް ކުރުމުގައި ޤާނޫނީ ގޮންޖެހުންތައް ހުރި ނަމަ އެކަން ހައްލުކޮށްދޭން ތިބި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ވެސް ނެތް ކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ވާދަވެރި އިދިކޮޅު ފަރާތްތައް ދިބެންޖެހޭ. އެކަމަކު އެ ފަރާތްތައް މަސައްކަތްކުރަންވާނީ ބުއްދީގެ ތަރާދުން ކިރާލީމަ ޤަބޫލުކުރެވޭ ޒާތުގެ ވާހަކަ ދައްކާ ބަޔަކަށް.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގާނޫނުއަސަސީގެ 115 ވަނަ މާއްދާގެ ދަށުން އެކި މަގާމުތަކަށް މީހުން އައްޔަންކުރަނީ އެ މީހުން ހިންގާ ޚިޔާނާތުގެ މައްސަލަތައް ބެލޭ ގޮތަށް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ނުކުމެ އެފަދަ މައްސަލަތައް ހުއްޓުވައިގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް