ކ. މާލެ
|
30 ޑިސެންބަރ 2024 | ހޯމަ 10:25
އޭސީ މިލާން އާއި ރޯމާ ކުޅުނު މެޗުގެ ތެރެއިން
އޭސީ މިލާން އާއި ރޯމާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިޓާލިއަން ލީގު
މިލާން އާއި ރޯމާ އެއްވަރު
މި ނަތީޖާ އާއެކު މިލާން އޮތީ ލީގު ތާވަލްގެ އަށް ވަނައިގަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން އެ ޓީމަށް ލިބެނީ 27 ޕޮއިންޓެވެ. 18 މެޗުން 20 ޕޮއިންޓާ އެކު ރޯމާ އޮތީ 10 ވަނައިގަ އެވެ.

އިޓާލިއަން ލީގުގައި އޭސީ މިލާން އާއި ރޯމާ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މިލާންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި މިލާން އިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ރޯމާ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ ޓިޖާނީ ރެއިންޖާސް އެވެ. އޭނާ އެ ލަނޑު ޖެހީ ޔޫސުފް ފޮފާނާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާ ވަނީ ލަނޑު ޖަހައި ރޯމާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ އާޓެމް ޑޮވްބީކް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، މިލާންގެ ކޯޗު ޕައުލޯ ފޮންސެކާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މި ނަތީޖާ އާއެކު މިލާން އޮތީ ލީގު ތާވަލްގެ އަށް ވަނައިގަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން އެ ޓީމަށް ލިބެނީ 27 ޕޮއިންޓެވެ. 18 މެޗުން 20 ޕޮއިންޓާ އެކު ރޯމާ އޮތީ 10 ވަނައިގަ އެވެ.

- ކޮމެންޓް