ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 16:28
އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތް
އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތް
ސިމާހާ ނަސީމް
ރަށް ސާފުކުރުން
އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
ތ. ހިރިލަންދޫ ކައުންސިލަށް ވަނީ 10 ޑަސްޓްބިން އެމްޓީސީސީން ހަދިޔާ ކޮށްފަ
އެމްޓީސީސީގެ ފަރާތުން ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަތާ 3 އަހަރުވެއްޖެ

އެމްޓީސީސީ  އާއި  އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ  ސޭވްދަ ބީޗް ގުޅިގެން، ތ. ހިރިލަންދޫގައި ސާފު ކުރުމުގެ ޙަރަކާތެއް ހޮނިހިރު ދުވަހު ކުރިއަށް  ގެންގޮސްފިއެވ

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހިރިލަންދޫ ބޯޓްޔާރޑްގެ ގޮނޑުދޮށް ސަރަހައްދުގައެވެ. މި ހަރަކާތުގައި ހިރިލަންދޫ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނާއި، ރަށު ކައުންސިލްގެ  މުވައްޒަފުންނާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ   މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ހަސަތޭކަ ސާޅިސް ކިލޯގެ ކުނި ހިރިލަންދޫގެ އެކި ސަރަހައްދުތަކުން ވަނީ ހޮވާފައެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ތ. ހިރިލަންދޫ ކައުންސިލަށް ވަނީ 10 ޑަސްޓްބިން ވެސް ހަދިޔާ ކޮށްފައެވެ.

އެމްޓީސީސީގެ ފަރާތުން ސާފުކުރުމުގެ  ޕްރޮގްރާމްތައް ހިންގަމުން އަންނަތާ 3 އަހަރު ވަނީ ވެފައެވެ. މިދިޔަ ދެ އަހަރު ވެސް މި ޕްރޮގްރާމް ހިންގައިފައި ވަނީ ވިލިމާލޭގައެވެ.

ރާއްޖޭގެ ރަށްތަކުގައި މި ޙަރަކާތް ހިންގުމުގެ  މަޤްސަދަކީ ތިމާވެށީގެ މުހިންމުކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރު ކުރުން ކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.

މި ޙަރަކާތުގެ  ބައިވެރިންނަށް  އެކި ބާވަތްބާވަތުގެ ކުންޏާ އެތަކެތި ނައްތާލަންޖެހޭ ގޮތް ތަކާއި  އެތަކެތިން ލިބޭ ގެއްލުން އަދި ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ކުނީގެ މައުލޫމާތު  ވަނީ ފޯރުކޮށްދީފަ އެވެ.

މި ހަރަކާތުގައި ޖުމްލަ 80 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް