ކ. މާލެ
|
29 ޑިސެންބަރ 2024 | އާދީއްތަ 06:40
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިޝާން މުޙައްމަދު (ބަޓިސް)
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިޝާން މުޙައްމަދު (ބަޓިސް)
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޤައުމީ ވޮލީބޯޅަ ލީގު
ސްޕޯޓްސް ކުލަބު ސިޓީ އަށް ރަނގަޅު ފެށުމެއް
މެޗުގެ ސެޓުތައް ސްޕޯޓްސް ކުލަބު ސިޓީން ކާމިޔާބު ކުރީ 25-22، 25-20 އަދި 25-22 އިންނެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ، ޤައުމީ ވޮލީ ބޯޅަ ލީގުގައި ސްޕޯޓްސް ކުލަބު ސިޓީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ބްލޫސް ފޯ ވޮލީބޯލްގެ މައްޗަށް ސްޕޯޓްސް ކުލަބު ސިޓީން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ތިން ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ފެނުނެވެ.

މެޗުގެ ސެޓުތައް ސްޕޯޓްސް ކުލަބު ސިޓީން ކާމިޔާބު ކުރީ 25-22، 25-20 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕޯޓްސް ކުލަބު ސިޓީގެ އިޝާން މުޙައްމަދު (ބަޓިސް) އެވެ.

މިއަހަރުގެ ޤައުމީ ވޮލީ ބޯޅަ ލީގުގައި ފަސް ޓީމަކުން ވާދަކުރެ އެވެ. އެއީ ސްޕޯޓްސް ކުލަބު ސިޓީ އާއި ބްލޫސް ފޯ ވޮލީބޯލްގެ އިތުރުން، ކުލަބު އެޗްޑީސީ، ދިވެހި ސިފައިންގެ ކުލަބު އަދި ޕޮލިސް ކުލަބު އެވެ.

ސްޕޯޓްސް ކުލަބު ސިޓީގެ ދެ ވަނަ މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. ބްލޫސް ފޯ ވޮލީބޯލްގެ ދެ ވަނަ މެޗުގައި އާދީއްތަ ދުވަހުގެ ރޭ ނިކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

- ކޮމެންޓް