ކ. މާލެ
|
26 ޑިސެންބަރ 2024 | ބުރާސްފަތި 23:22
އެވަޓަން އާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން
އެވަޓަން އާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
އެވަޓަން ކައިރިން ސިޓީ އެއްވަރު
މި ނަތީޖާ އާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ހަތް ވަަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 18 މެޗުން 28 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ އެއްވަރު ވެއްޖެ އެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އެވެ. އެ މެޗާ ކުރިމަތިލީއިރު ސިޓީ އޮތީ އެ ޓީމުގެ ނަތީޖާތައް ދަށްވެ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފަ އެވެ. އެގޮތުން އެންމެ ފަހުން ސިޓީ ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން އެ ޓީމު ބަލިވެފައިވާއިރު، މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސިޓީންނެވެ. ނަަމަވެސް އެވަޓަން އިން ވަނީ ފަހަތުން އަރައި ލަނޑު ޖަަހައިގެން ނަތީޖާ ހަމަަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 14 ވަނަ. މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާ އެވެ. އޭނާ އެ ލަނޑު ޖެހީ ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެވަޓަން އަށް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ އިލިމާން ނަޑިޔާ އެވެ.

މި ނަތީޖާ އާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ހަތް ވަަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 18 މެޗުން 28 ޕޮއިންޓާ އެކު އެވެ. މިފަހަކަށް އައިސް ސިޓީގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

- ކޮމެންޓް