ގއ. ވިލިނގިލިން މަސްތުވާތަކެއްޗާއި އެކު ފުލުހުން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އޮފަރޭޝަނެއްގައި އޮގަސްޓް 15 ވަނަ ދުވަހުގެ ހަވީރު 17:25 ހާއިރު އުމުރުން 30 އަހަރުގެ ފިރިހެނަކާއި އުމުރުން 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އުމުރުން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި ބަނދަރު ސަރަހައްދުން ކަމަށާއި މި މީހާ ހައްޔަރުކޮށް އޭނާ ހުރި ސަރަޙައްދާއި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އެ ސަރަހައްދުގެ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ގއ.ވިލިނގިލި ބަނދަރު މަތިން ކަމަށާއި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ފުރަގަސްފަރާތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ރަބަރު ގަނޑެއްފެނިފަވާ ކަމަށެވެ.
މި ދެމައްސަލަ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.