ކ. މާލެ
|
21 ޑިސެންބަރ 2024 | ހޮނިހިރު 17:51
ޑްރައިވަރުންގެ ޖަމްއިއްޔާގެ އިންތިޒާމް ސެކްރެޓަރީ މިސްބާޙް ދޫކޮށްލުން
ޑްރައިވަރުންގެ ޖަމްއިއްޔާގެ އިންތިޒާމް ސެކްރެޓަރީ މިސްބާޙް ދޫކޮށްލުން
މިސްބާހު ޝަރީފް / އެކްސް
ޑްރައިވަރުންގެ އިހްތިޖާޖު
ޑްރައިވަރުންގެ ޖަމްއިއްޔާގެ އިންތިޒާމް ސެކްރެޓަރީ މިސްބާޙް ދޫކޮށްލައިފި
މިސްބާހު ދޫކޮށްލާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި
ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭ ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި 5 ޑްރައިވަރުން ހައްޔަރު ކުރި

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށްގެން ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ތެރޭގައި ހިމެނޭ ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާޙް ޝަރީފް ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލާފައިވަނީ ބުރާސްފަތި ދުވަހު އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިސްބާހު ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ އެވެ. މިސްބާހު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ ނަލަ ޓެކްސީ ސެންޓަރު ކައިރިންނެވެ.

އެކްސްގައި މިސްބާހު ބުނެފައިވަނީ "އުފަލަކީ އެތައް ސަތޭކަ ޑްރައިވަރުންގެ ހައްގުގައި ބަނދަށް ދިއުން" ކަމަށެވެ. އަދި އޭނާއަށް ހިތްވަރު ދިން ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭ ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި 5 ޑްރައިވަރުން ހައްޔަރު ކުރިއެވެ. މިހާރު އެ އެންމެންވެސް ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

މާލޭ ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހްތިޖާޖަށް ނުކުތީ ސަރުކާރުން ޓެކްސީގެ ޚިދުމަތާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތުތަކާ މެދު ހިތްހަަމަ ނުޖެހި، އެކަމުގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައި ނަމަވެސް އެދެވޭ ހައްލެއް ނުލިބުމުންނެވެ. 

- ކޮމެންޓް