ކ. މާލެ
|
14 ޑިސެންބަރ 2024 | ހޮނިހިރު 13:11
އެސްޓީއޯގެ ހެޑް އޮފީސް
އެސްޓީއޯގެ ހެޑް އޮފީސް
ރާއްޖެއެމްވީ
އެސްޓީއޯއިން ލޯނެއް ނެގުން
ސަރުކާރުން އެދިގެން އެސްޓީއޯއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި
އެސްޓީއޯއިން ލޯނު ނަގާފައި އޮތީ ކާޑާ ބޭހުގެ އިތުރުން ޒަރޫރީ ތަކެތި އެތެރެކުރުމަށް
މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ، 13.13 ޕަސެންޓް
މި ލޯނު 3 އަހަރުގެ ތެރޭގައި ދައްކަން ޖެހޭ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކާޑާއި ބޭސް އެތެރެކުރުމުގެ ނަމުގައި 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގައި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އެސްޓީއޯއިން ނަގާފައިވާ ލޯނަކާ ގުޅުވައި ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއް މެންބަރުންނަށް އިއްވާފައެވެ.

މެންބަރު ސަލީމް ވިދާޅުވީ، އެސްޓީއޯއިން ލޯނު ނަގާފައި އޮތީ ކާޑާ ބޭހުގެ އިތުރުން ޒަރޫރީ ތަކެތި އެތެރެކުރުމަށް ކަމަށެވެ. ނަމަވެސް މައިކުގެ އަޑު ކަނޑާލުމުން ލޯނުގެ އިތުރު ތަފްސީލެއް ކޮމިޓީގެ ލައިވަށް އަރާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯއިން މިލޯނު ނަގާފައިވަނީ ސަރުކާރު ޒިންމާވާ ގޮތަށާއި، މިއީ ދައުލަތަށް ނަގާފައިވާ ލޯނެއް ކަމަށެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ، 13.13 ޕަސެންޓެވެ. އަދި މި ލޯނު 3 އަހަރުގެ ތެރޭގައި ދައްކަން ޖެހެއެވެ.

މި ލޯނު އެސްޓީއޯއިން ނަގަނީ އެމެރިކާގެ ޕްރައިވެޓް ކްރެޑިޓަރެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ އިންކް) އިންނެވެ.

ސަރުކާރުގެ ކުންފުޏެއް މެދުވެރިކޮށް ބޮޑު ލޯނެއް ނަގާފައިވާއިރު، ރާއްޖެ އޮތީ އިގްތިސާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށާއި، ގައުމު ބަގުރޫޓުވާ ހިސާބުގައި ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

- ކޮމެންޓް