ޤާނޫނުއަސާސީ އަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމްޑީޕީ އާއި ގުޅުމުގެ ސަބަބުން ޕާޓީން ވަކިކޮށް، މެމްބަރުކަން ގެއްލިއްޖެ ނަމަ އެ މެމްބަރަކު ނިސްބަތްވާ ދާއިރާގެ ބައި އިލެކްޝަންގައި އެ މެމްބަރަކު އަލުން އިންތިޚާބުކުރުމަށް ތާއީދުކޮށް އެކަމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ޤާނޫނުއަސާސީ އަށް ގެނައި ބަދަލާ ގުޅޭގޮތުން ޤައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އަންގާރަ ދުވަހުގެ ރޭ ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދުއެވެ.
އެ ގަރާރު ހުށަހަޅުއްވަމުން މަހްފޫޒް ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހާ ބާރު ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނައުމާއި އެކު ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުވެރިކަން ނިގުޅައިގަނެވޭ ކަމަށް ވެސް މަހްފޫޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ. ޤާނޫނުއަސާސީ އަށް މި ސަރުކާރުން ގެނައީ ޤާނޫނުއަސާސީގެ އޮނިގަނޑާވެސް ޚިލާފު އިސްލާހެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަސާސް ބިނާކުރަންވާނީ މުޅި ރާއްޖޭގެ މަސްލަހަތަށް ބަލައިގެން ކަމަށް ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައި އޮތް އިރު ރައްޔިތުންގެ މަސްލަހަތާއި ޚިލާފަށް ސިޔާސީ ޕާޓީން އަންގާ ގޮތެއްގެ މަތިން އަމަލު ނުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މެމްބަރުކަން ގެއްލިދާނެ ހާލަތެއް އުފަންކޮށްފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.
އެހެންކަމަށް ވާއިރު އެ ހާލަތަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ޚިލާފު ބަދަލެއް ކަމެއް ކަމަށް އެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ. ހަމައެހެންމެ ޤަނޫނުއަސާސީ އަށް ގެނައި ބަދަލަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް އޮތް މިނިވަން އިޚުތިޔާރުވެސް ގެއްލިދާކަމެއް ކަމަށް އެ ގަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ. އެ ގަރާރު ފާސްކޮށްފައި ވަނީ ގައުމީ މަޖިލީހުގައި ބައިވެރިވި 89 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި މިއީ ހުރިހާ ދިވެހިންނަށް ބައިވެރިވެވޭ ޑިމޮކްރަސީއެއް ޤާއިމްކުރުމާއި، އަސާސީ ހައްގުތައް ލިއްބައި ދިނުމާއި، ސިޔާސީ ހަރަކާތް ހިންގުން ފަދަ ކަންކަމަށް ހުރަސް އެޅޭކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެ ބަދަލު ކުރިން އޮތް ގޮތަށް ރުޖޫއަކުރުމާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިހުތިޖާޖުރުމަށް އެ ގަރާރުގައި ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން އެ ބަދަލުގެ ސަބަބުން ނުކުންނަ ނަތީޖާތައް ބުނެދިނުމަށާއި، އެ ބަދަލުން ކުރާ އަސަރަހަށް ހޭލުންތެރިކުރުވުމަށް ކެމްޕެއިންތައް ހިންގަން އެމްޑީޕީން ހިންގާ ހަރަކާތުގައި ހުރިހާ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ފަންނީ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވުމަށް ދައުވަތު ދިނުމަށް ވަނީ ހުށަހަޅާފައެވެ.
އެ ގަރާރުގައި އިތުރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި މަޖިލީހުގެ މެމްބަރަކު އެމްޑީޕީގެ މެމްބަރަކަށް ވުމުގެ ސަބަބުން މެމްބަރުކަމުން ވަކިވެއްޖެ ނަމަ އެ މެމްބަރަކު ތަމްސީލްކުރި ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައިއިލެކްޝަންގައި އެ މެމްބަރަށް ތާއީދު ކުރުން ހިމެނެއެވެ. އަދި އެ މެމްބަރަކު އަލުން މަޖިލީހަށް އިންތިޚާބުކުރުމަށް މަސައްކަތްކޮށްދިނުމަށް އެއްބަސްވެ، އިގުރާރުވުމަށް އެ ގަރާރުގައި ވަނީ ހިމަނާފައެވެ.
އެ ގަރާރު ހުށަހަޅުއްވަމުން މަހްފޫޒް ވިދާޅުވި ދިވެހި ދައުލަތުގެ އެންމެހާ ބާރު ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދ ޤާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނައުމާއި އެކު ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުވެރިކަން ނިގުޅައިގަނެވޭ ކަމަށް ވެސް މަހްފޫޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ. ޤާނޫނުއަސާސީ އަށް މި ސަރުކާރުން ގެނައީ ޤާނޫނުއަސާސީގެ އޮނިގަނޑާވެސް ޚިލާފު އިސްލާހެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަސާސް ބިނާކުރަންވާނީ މުޅި ރާއްޖޭގެ މަސްލަހަތަށް ބަލައިގެން ކަމަށް ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައި އޮތް އިރު ރައްޔިތުންގެ މަސްލަހަތާއި ޚިލާފަށް ސިޔާސީ ޕާޓީން އަންގާ ގޮތެއްގެ މަތިން އަމަލު ނުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މެމްބަރުކަން ގެއްލިދާނެ ހާލަތެއް އުފަންކޮށްފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.
އެހެންކަމަށް ވާއިރު އެ ހާލަތަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ޚިލާފު ބަދަލެއް ކަމެއް ކަމަށް އެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ. ހަމައެހެންމެ ޤަނޫނުއަސާސީ އަށް ގެނައި ބަދަލަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް އޮތް މިނިވަން އިޚުތިޔާރުވެސް ގެއްލިދާކަމެއް ކަމަށް އެ ގަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.