ކ. މާލެ
|
10 ޑިސެންބަރ 2024 | އަންގާރަ 18:47
ގާނޫނު އަސާސީގެ ދިފާއުގައި ބާއްވާ ޖަލްސާއަށް ރަށްރަށުން އައި އެމްޑީޕީގެ މެންބަރުންނަށް އެމްޑީޕީގެ އިސް ފަރާތްތަކުން މަރުހަބާ ކިޔަނީ
ގާނޫނު އަސާސީގެ ދިފާއުގައި ބާއްވާ ޖަލްސާއަށް ރަށްރަށުން އައި އެމްޑީޕީގެ މެންބަރުންނަށް އެމްޑީޕީގެ އިސް ފަރާތްތަކުން މަރުހަބާ ކިޔަނީ
ރާއްޖެއެމްވީ
"ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާ
"ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާއަށް ރަށްރަށުން މީހުން އައިސްފި، ޖަލްސާ މިރޭ 8:30 ގައި
ބޮޑު ޖަލްސާގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ
ގައުމީ މަޖިލީހުގެ ނިންމުން ޕެޓިޝަނެއްގެ ގޮތުގައި ޖަލްސާއަށް އަންނަ ފަރާތްތަކަށް ސޮއިކުރެވޭ ގޮތަށް ހަމަޖެފައި އޮންނާނެ

"ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާ ފެށިގެންދާނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަކުން ކަމަށާއި، ގައުމީ މަޖިލީހުގެ ޖަލްސާ 8:00 ގައި ފެށޭނެކަމަށް އެމްޑީޕީން ބުނެފިއެވެ.

"ގާނޫނު އަސާސީގެ ދިފާއުގައި" އެމްޑީޕީން ކާނިވަލުގައި ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ އޮންނާނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެކެވެ. އަދި އެ ޖަލްސާ ފެށޭނީ 8:00 ގައެވެ. އަދި ގައުމީ މަޖިލީހުން ފާސްކުރާ ކަންކަން ނިމުމުން 8:30 ހާއިރު ބޮޑު ޖަލްސާ ފެށޭނެއެވެ.

ގައުމީ މަޖިލީހުގެ ޖަލްސާއަކީ އެންމެންނަށް ހުޅުވާލައިގެން ބާއްވާ ޖަލްސާއެކެވެ. އެ ޖަލްސާއަށްފަހު ގައުމީ މަޖިލީހުގެ ނިންމުން ޕެޓިޝަނެއްގެ ގޮތުގައި ޖަލްސާގެ ފަހަތުގައި ހަރުކުރެވިފައި އިންނާނެއެވެ. އަދި ޕެޓިޝަނުގައި ސޮއިކުރުން ކުރިއަށްދާނެއެވެ.

އެމްޑީޕީން ބުނާ ގޮތުން މިރޭގެ ޖަލްސާ ވަރަށް ތަފާތުވާނެއެވެ. ޖަލްސާ ކުރިއަށްދާނީ ރެލީއެއްގެ ގޮތަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމުން މެންބަރުން ވަނީ މާލެ އައިސްފައެވެ.

މިރޭގެ ޖަލްސާ ކާނިވަލުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖަލްސާއަށް އެއްބާރުލުން ދޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

- ކޮމެންޓް