ސަރުކާރުން ކިތަންމެ ވަރަކަށް ނުރުހުނަސް ޤާނޫނު އަސާސީގެ ދިފާއުގައި ތެދުވާނެ ދިވެހިން ތިބޭނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ފުނޑާލަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް 10 ޑިސެމްބަރ ވާ އަންގާރަ ދުވަހު ކާނިވާ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖެޓީވީގެ ޤާނޫނު އަސާސީގެ ދިފައުގައި ކަވަރޭޖްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެ އެއްވުމަށް އާއްމުން ދިޔަ ނުދިނުމަށް ސަރުކާރުން އެކި ފެންވަރުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުން އެކަން އެގޮތަށް ކުރަނީ ރައްޔިތުންގެ ބާރުތައް ނަގާލާ ރަސްކަމަކާއި ދިމާލަށް ޤައުމުގެ ވެރިކަން ގެންދިއުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ ނަމުގައި އެކުލަވާލި ފޮތަކީ ހައްގުތަކެއް ހޯދުމަށް އެކުލަވާލި ޤާނޫނު އަސާށސީ އެއް ކަމަށާއި، ޤާނޫނުތަކެއް ލިޔުނު ބޭނުމަކީ ޚިޔާލުފާޅުކުރުން ފަދަ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. ކުރިން ޤާނޫނުއަސާސީ ވުޖޫދުވުމުގެ ކުރިން ނުލިބޭ އެތައް ހައްގެއް އެ ޤާނޫނު އަސާސީ މެދުވެރިކޮށް ހޯދާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޚިޔާލުފާޅުކުރުމަކީ ގޯސްކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވީ ވެސް އެ ޤާނޫނު އަސާސީ ހޯދުމަށް އެތައް ބަޔަކު ކުރި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން ކަމަށް މައުރޫފް ވިދާޅުވިއެވެ. ރައްޔިތުންގެ ބާރުގެ ދިފާއުގާ ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ.
އެކަން ސަރުކާރުން ކުރާނެ. އެހެންނަމަވެސް ދިވެހިންނަކީ ވަރަށް ހޭލުންތެރި ކަންކަމާއި މެދު ވިސްނާ ބައެއް. ޤާނޫނު އަސާސީ އަކީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތް. މި މަސައްކަތް ކުރި ގިނަ ބަޔަކު އަދިވެސް ދުނިޔޭގަ އެބަ ތިބި. އެ މީހުންގެ ދަރިންނާއި ކާފަ ދަރިން އެބަ ތިބި. އެ މީހުން ނުކުންނާނެ ސަރުކާރުން ކިތަންމެ ނުރުހުނަސް އެކަން ނުވެސް ހުއްޓުވޭނެ. މިއީ އެތައް ބަޔަކު އެތައް ހަކަތައާއި ވަގުތު ހޭދަކުރި ކަމެއް.އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް، އެ ގާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިސްހާލު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސް އިން ތަދައްހުލުވާން ވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.