ކ. މާލެ
|
2 ޑިސެންބަރ 2024 | ހޯމަ 18:13
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މޫދު
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މޫދު
ރާއްޖެއެމްވީ
ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނުން
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައި އޮތްވާ ފެނުނީ ފިރިހެނެއް
އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވޭ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ ހަވީރު 4:30 ހާއިރު، ހުޅުމާލެ ފަޔަރ ސްޓޭޝަންއާއި ދިމާއިން ފަޅުތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައިނުވެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު، 27 ނޮވެންބަރު 2024 ވީ ބުދަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޭރު ތޮށި މޫދުން އަނިޔާވެފައި އޮތް މީހަކު ފެނިފައިވެއެވެ. އަދި އެމީހާއަށް ފަރުވާ ދެމުންދަނިކޮށް އެދުވަހު ވަނީ މަރުވެފައެވެ. އެ މީހާގެ ބޮލުގައި އުޅަނދަކުން ޖެހިފައިވާކަމަށް ބެލެވޭ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

- ކޮމެންޓް