ކ. މާލެ
|
28 ނޮވެންބަރ 2024 | ބުރާސްފަތި 11:16
ޚާން ޔޫނުސްގެ ޗެރިޓީ ބަދިގެއަކުން ފޯރުކޮށްދޭ ކާއެއްޗެހި ހޯދުމަށް ފަލަސްތީނުގެ ކުޑަކުދިންނާއި ބޮޑެތި މީހުން އެއްވެފައި
ޚާން ޔޫނުސްގެ ޗެރިޓީ ބަދިގެއަކުން ފޯރުކޮށްދޭ ކާއެއްޗެހި ހޯދުމަށް ފަލަސްތީނުގެ ކުޑަކުދިންނާއި ބޮޑެތި މީހުން އެއްވެފައި
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ގައި އިންސާނުން ދިރި އުޅެނީ ގަބޫލު ކުރެވޭ ފަދަ ހާލަތެއްގަ އެއް ނޫން: އައިސީއާރުސީ
ބައިނަލް އަގްވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނުތަކަށް ފުރިހަމަ އަށް އިހްތިރާމު ކުރުމަށް ތަކުރާރުކޮށް ގޮވާލާފައިވޭ

ޣައްޒާ ސްޓްރިޕްގެ އިންސާނީ ޙާލަތަކީ ޤަބޫލުކުރެވޭ ފަދަ ހާލަތެއް ނޫން ކަމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން ބުދަ ދުވަހު ބުނެފިއެވެ.

"(ލުބުނާން-އިސްރާއީލް) އެއްބަސްވުމުން އުއްމީދުގެ ފަނޑު އަލިކަމެއް ފެނުނު ނަމަވެސް، ސަރަޙައްދު އަދިވެސް ވަނީ ނުތަނަވަސްކަމުގެ ޙާލަތެއްގައި, އަދި ޣައްޒާގެ އިންސާނީ ޙާލަތަކީ ޤަބޫލުކުރެވޭނެ ހާލަތެއް ނޫނެވެ،" އައިސީއާރުސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ގޮވާލަން، އަވަސް ގޮތެއްގައި ބައިނަލްއަޤްވާމީ އިންސާނިއްޔާތާ ބެހޭ ޤާނޫނަށް އިހްތިރާމް ކުރުމަށް؛ (ޣައްޒާގައި ތިބި) އާންމު ރައްޔިތުންނާއި މަދަނީ ތަންތަން ހިމާޔާތް ކުރުމަށް؛ އަދި (އެތަނުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް) ހުރަހެއްނެތި އަދި އިތުރު މިންވަރަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް،" އެ ބަޔާނުގައި އިތުރަށްވެއެވެ.

މި ބަޔާން ނެރުނު ދަނޑިވަޅަކީ، އެމެރިކާ އާއި ފަރަންސޭސި ވިލާތުން މެދުވެރިވެގެން ހުށަހެޅި ސުލްހައިގެ އެއްބަސްވުން އިޒްރޭލާއި ލުބުނާނުން ގަބޫލު ކޮށް ލުބުނާނުގެ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހިނގަމުން ދިޔަ 13 މަސް ދުވަސްވީ ހަނގުރާމަ ހުއްޓާލި ދަނޑިވަޅުކަން ފާހަގަ ކުރެވެއެވެ.

- ކޮމެންޓް