Advertisement
ކ. މާލެ
|
9 ނޮވެންބަރ 2025 | އާދީއްތަ 16:40
ޔަމަނުގެ އެންމެ މަތީ ސިޔާސީ މަޖިލީހުގެ ޗެއާމަން މަހްދީ އަލްމަޝާތު
ޔަމަނުގެ އެންމެ މަތީ ސިޔާސީ މަޖިލީހުގެ ޗެއާމަން މަހްދީ އަލްމަޝާތު
ޕްރެސްޓީވީ
ޔަމަން
ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި
އެމެރިކާ، އިޒްރޭލު އަދި ސައޫދީ އިންޓެލިޖެންސް އޭޖެންސީތަކުން ގުޅިގެން ޔަމަނުން ފަލަސްތީނަށް ދެމުންދާ ތާއީދު ހުއްޓުވަން ޖާސޫސީ ނެޓްވޯކެއް ހިންގަމުން ގެންދިޔަކަން ޔަމަނުގެ ސެކިއުރިޓީ ބާރުތަކުން ފެންމަތިކޮށް އެ ނެޓްވޯކް ގެ މެމްބަރުން ހައްޔަރު ކޮށްފައިވާ ކަމަށް ޔަމަނުން ބުނޭ.

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް އެމެރިކާ-އިޒްރޭލު-ސައޫދީ ގުޅިގެން ޔަމަނުގައި ހިންގި ޖާސޫސީ ނެޓްވޯކެއް ޔަމަނުގެ އަސްކަރިއްޔާ އިން އަތުލައިގަނެފި އެވެ.

ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް، އެމެރިކާ، އިޒްރޭލު އަދި ސައޫދީ އިންޓެލިޖެންސް އޭޖެންސީތަކާ ގުޅިފައިވާ ޖާސޫސީ ނެޓްވޯކެއް ނައްތާލުމުގައި އެ ގައުމުގެ ސެކިއުރިޓީ ބާރުތަކުން ކުރި މަސައްކަތައް ތައުރީފް ކޮށް ވަނީ ވާހަކަ ދައްކާފަ އެވެ. މި ޖާސޫސީ ނެޓްވޯކުގެ މައިގަނޑު މަގްސަދަކީ ޔަމަނު ގެ ސަރުކާރުން ފަލަސްތީނަށް ދެމުންދާ ތާއީދު ހުއްޓުވުން ކަމަށް ބުނެފައިވެއެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއް ގައި މަހްދީ އަލް-މަޝާތު ވިދާޅުވީ މި ސެކިއުރިޓީ ކާމިޔާބީން ޔަމަނާ ދެކޮޅަށް އެމެރިކާ-އިޒްރޭލު-ސައޫދީގެ ދުޝްމަންކަން އޮތް މިންވަރު ހާމަ ވެގެންދާ ކަމަށެވެ.

މީގެ އިތުރުން، ޔަމަނުގެ އިންފޮމޭޝަން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އެމެރިކާ-އިޒްރޭލު-ސައޫދީ ޖާސޫސީ ނެޓްވޯކު ނައްތާލުމަކީ ޣައްޒާ އަށް ތާއީދުކޮށް ޔަމަނުން ކުރަމުންދާ ދެމެހެއްޓެނިވި ހަނގުރާމައިގެ ހަރުދަނާ ކަން ދޭހަވާ ކަމެއް ކަމަށާއި، ސައޫދީ އަރަބިއްޔާ ސީދާ ގޮތުން ޒަޔަނިސްޓުންނާ އެކު މަސައްކަތްކުރަމުންދާ ކަމަށާއި ޣައްޒާ އާ ދެކޮޅަށް ކުރާ ހަނގުރާމައި ގައި އެމީހުންނަށް އެހީތެރިވެދެމުން އަންނަ ކަމަށެވެ.

އޭނާ ފާހަގަކުރެއްވީ ޔަމަނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިން އިޒްރޭލާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.

ޔަމަނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކު ހޮނިހިރު ދުވަހު އިއުލާންކުރެއްވި ގޮތުގައި އެގައުމުގެ ސެކިއުރިޓީ ބާރުތަކުން އެ ގައުމުގެ ތެރޭގައި ސީއައިއޭ، މޮސާޑް އަދި ސައޫދީ އިންޓެލިޖެންސް ސާވިސް އިން ގުޅިގެން އުފައްދާ ފައިވާ އޮޕަރޭޝަންސް ރޫމަކާ ގުޅިފައިވާ ޖާސޫސީ ނެޓްވޯކެއްގެ މެމްބަރުން ވަނީ ހައްޔަރުކޮށްފަ އެވެ.

މަސްދަރު: ޕްރެސް ޓީވީ
- ކޮމެންޓް