ކ. މާލެ
|
12 ނޮވެންބަރ 2024 | އަންގާރަ 10:27
20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލިސް
2025ގެ ބަޖެޓް
ތަފްސީލް ދިނުމަކާއި ނުލާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ފަށައިފި
ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުން އޮތީ ތަފްސީލްތައް ސިއްރުކުރުމަށް ފަހުގައި ބަޖެޓް ފާސްކޮށްދިނުމަށް ވެސް ތައްޔާރަށް
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާ

ބަޖެޓުގެ ތަފްސީލް ދިނުމަކާއި ނުލާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް، ރައްޔިތުންގެ މަޖިލިހުގައި ފަށައިފިއެވެ.

ބަޖެޓުން ހަރަދުކުރާ ގޮތުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހިއްސާކޮށްފައި ނުވުމުގެ އިތުރުންބަޖެޓު.ގޮވް.އެމްވީއިން ބަޖެޓުގެ މައި ފޮތަށް ވެސް ނުވަދެވޭކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލީހަށް 56.6 ބިލިއަން ރުފިޔާގެ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަންނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރަށް ހުށަހަޅަނީ 9.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.

މިނިސްޓަރު ވިދާޅުވީ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށެވެ. 2025 ވަނަ އަހަރު ބަޖެޓުގައި އަހަރުގެތެރޭގައި ރިފޯމުތައް ތަންފީޒުކުރަން ހިމަނާފައިވެއެވެ.

ބަޖެޓު ބެހިގެންވާ ގޮތުގެ ތަފްސީލް ނޭނގުމާއި، ޕީއެސް އައިޕީ މަޝްރޫޢޫތަކަށް ކަނޑައެޅޭ މިންވަރުގެ ތަފްސީލް ނެތުމުގެ އިތުރުން ބަޖެޓުގައި ހުރި ކައުންސިލްތަކަށް ދޭންޖެހޭ ބްލޮކްގްރާންޓްކުޑަ ކުރުން ފަދަ ކަންކަން މެމްބަރުން އައީ ފާހަގަކުރަމުންނެވެ. އަދި ތަފްސީލެއް ނެތި މެމްބަރުން ބަޖެޓަށް ބަހުސްކުރާނީ ކިހިނެތްތޯ ވެސް އެ މެމްބަރުން އައީ ސުވާލު އުފައްދަމުންނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ސަރުކާރުން އިޖާބައެއް ނުދެއެވެ. އަދި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުން އޮތީ ތަފްސީލްތައް ސިއްރުކުރުމަށް ފަހުގައި ބަޖެޓް ފާސްކޮށްދިނުމަށް ވެސް ތައްޔާރަށެވެ.

- ކޮމެންޓް