ކ. މާލެ
|
25 އޮކްޓޯބަރ 2024 | ހުކުރު 05:34
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ
ރާއްޖެއެމްވީ
ޑީޑީގެ ފާޑުކިޔުން ސަރުކާރަށް
"މިއީ ގަރުދިޔަ ސަރުކާރެއް، ފެންފޮދަކާއި ނުލާ މި އަހަރުގެ ބަޖެޓް ސަރުކާރުން ވަނީ ދިރުވާލާފައި"
ޑީޑީ ވަނީ މި ސަރުކާރުން ބަޖެޓް ދިރުވާލާފައިވާ ކަމަށް ސިފަކުރައްވާފަ
ވެރިކަމަށް އައުމަށް ފަހުގައި ވެސް މި ސަރުކާރުން ހަދަނީ ބުހުތާން ދޮގު ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މިއީ ގަރުދިޔަ ސަރުކާރެއް ކަމަށާއި ސަރުކާރުން ވަނީ ފެންފޮދަކާއި ނުލާ މި އަހަރުގެ ބަޖެޓް ދިރުވާލާފައި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ ވިދާޅުވެއްޖެއެވެ.

ޑީޑީ އެފަދައިން ވިދާޅުވި ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޑީޑީ މި ސަރުކާރުން ބަޖެޓް ދިރުވާލާފައިވާ ކަމަށް ސިފަކުރައްވާފައި ވަނީ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫޢުތައް ނުހިންގާ ބަޖެޓް ހުސްވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުންނެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން ހއ.ތުރާކުނުން ފެށިގެން އައްޑޫ ސިޓީ އަށް ރާއްޖޭގައި އެއްވެސް މަޝްރޫޢު އެއް ނުހިނގާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވެރިކަމަށް ވަޑައިގެންނެވި އިރު މި ސަރުކާރުން ވަނީ ފައިސާ ލިބިފައިވާ ކަމަށް ބުނެ ރައްޔިތުންނަށް ބޮޑެތި ވައުދުތައް ވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ވެރިކަމަށް އައީވެސް ބުހުތާން ދޮގު ހަދަމުން ކަމަށާއި، ވެރިކަމަށް އައުމަށް ފަހުގައި ވެސް މި ސަރުކާރުން ހަދަނީ ބުހުތާން ދޮގު ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ފެންފޮދަކާ ނުލާ ބަޖެޓް ދިރުވާލައިފި. ކިތަންމެ ހިތްހަމަ ނުޖެހުނަސް އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ. ދިވެހި ރައްޔިތުން މި ތިބީ ހޭލާ. މި ގަރުދިޔަ ސަރުކާރުން އެކަން ކުރީ. އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ޑީޑީ

ޑީޑީ ވަނީ ސަރުކާރުން މި އަހަރުގެ ޚަރަދުތައް ހަމަޖައްސަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުއްވީ އާ ޑްރާމާއަކާއި އެކުގައި ކަމަށް ޑީޑީ ވިދާޅުވިއެވެ. އެގޮތުން ސިޔާސީ މުވައްޒަފުން މަދުކުރުމާއި ރައީސްގެ މުސާރައިން ބޮޑު ބައެއް އުނިކުރުމުގެ ވާހަކަ އަކީ ސިޔާސީ ޑްރާމާ ކަމަށް ޑީޑީ ވަނީ ސިފަކުރައްވާފައެވެ. ޑީޑީ ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެފަދަ އޮޅުވާލުންތައް އޮޅުވާލި ކަމަށް ވިދާޅުވެފައެވެ. ޕީޕީއެމް، ޕީއެންސީގެ ސަރުކާރުން

ރައީސް ވަނީ 208 ސިޔާސީ މުވައްޒަފުން މަދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މުސާރައިގެ 50% ދެ އަހަރު ވަންދެން ނުނަންގަވާނެ ކަމަށް ވަނީ ވައިދުވެވަޑައިގަންނަވާފައެވެ.

- ކޮމެންޓް