ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 22:12
ފުލުހުން ނައްތާލި ބަނގުރާފުޅިތައް
ފުލުހުން ނައްތާލި ބަނގުރާފުޅިތައް
ޕޮލިސް
ބަނގުރާ ނައްތާލުން
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ނައްތާލާފައިވަނީ 1696 ބްރޭންޑެޑް ފުޅި، 23 ޕެޓް ފުޅި އަދި 1331 ދަޅު ބިޔަރު
އެހެނިހެން ތަކެތީގެ ގޮތުގައި 64 އައިޓަމް ނައްތާލާފައިވޭ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ބުދަަ ދުވަހު ދޫނިދޫގައި ނައްތާލި ބަނގުރަލަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރަލުގެ އިތުރުން ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ނައްތާލާފައިވަނީ 1696 ބްރޭންޑެޑް ފުޅި، 23 ޕެޓް ފުޅި އަދި 1331 ދަޅު ބިޔަރު ކަމަށެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 64 އައިޓަމް ނައްތާލާފައިވާއިރު، ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި، ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބަނގުރާ ނައްތާލާފައިވަނީ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

މާލެސިޓީގެ އިތުރުން އަތޮޅުތެރޭގައި ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއި، އެފަދަ އެކި އާލާތްތައް އަތުލައިގަނެއެވެ.

- ކޮމެންޓް