ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 11:10
ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މަޖިލިހުގައި
ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މަޖިލިހުގައި
މަޖިލިސް
ހދ އަތޮޅު ފަތުރުވެރިކަން
ހަނިމާދޫ އެއަރޕޯޓް ނިމޭއިރު އެކަށީގެންވާ އަދަދަކަށް އެނދު އުފެއްދުމަށް މަސައްކަތްތަކެއް ކުރެވޭނެ - ފައިސަލް
ވައިކަރަމުރައިދޫގެ 15 ހެކްޓަރު ޓުއަރިޒަމް ޑިވަލަޕްމަންޓަށް ހުޅުވާލެވި އެތަން ޓުއަރިޒަމް މިނިސްޓްރީގެ އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރެވި އެވޯޑް ކުރެވިފައިވޭ
އަންނަ އަހަރުގެ މާޗް މަހާ ހިސާބަށްދާއިރު ހަނިމާދޫ އެއަރޕޯޓް ނިންމާލެވޭނެ

ހަނިމާދޫ އެއަރޕޯޓް ނިމޭއިރު އެކަށީގެންވާ އަދަދަކަށް އެނދު އުފެއްދުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ފައިސަލް ވިދާޅުވީ ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެގޮތުން ހދ އަތޮޅުގައި ޓުއަރިޒަމް ތަރައްގީކުރުމަށްޓަކައި، މަގާމާއި ހަވާލުވެ ފަތުުރުވެރިކަމަށް ރަށްތައް ދޫކުރެވުނު ފުރަތަ ފުރުސަތުގައި، ހދ އަތޮޅުގެ ވައިކަރަމުރައިދޫގެ 15 ހެކްޓަރު ޓުއަރިޒަމް ޑިވަލަޕްމަންޓަށް ހުޅުވާލެވި އެތަން ޓުއަރިޒަމް މިނިސްޓްރީގެ އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރެވި އެވޯޑް ކުރެވިފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ޓުއަރިޒަމް މިނިސްޓްރީން މި ސަރުކާރުން ފަތުރުވެރިކަމަށް ރަށްތައް ދޫކުރި އިރު ހދ އަތޮޅުގެ ރަށެއް ހިމަނާފައިވާނީ. ހދ އަތޮޅުގައި މިވަގުތު ޓުއަރިޒަމްގެ ބޭނުމަށް ރަޖިސްޓްރީކުރެވިފައި އޮތީ އެންމެ 460 އެނދު. އަދި އެ އަތޮޅުގެ އިތުރު 3 ތަނެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށް، 1886 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް

މިނިސްޓަރ ފައިސަލް ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހާ ހިސާބަށްދާއިރު ހަނިމާދޫ އެއަރޕޯޓް ނިންމާލެވޭނެކަމަށެވެ. އެހެންކަމުން އެއަރޕޯޓް ނިންމާލެވޭ އިރު ހދ އަތޮޅުގައި އެކަށީގެންވާ އަދަދަކަށް އެނދު އުފެއްދުމަށް ހާއްސަ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

- ކޮމެންޓް