ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 15:08
މަޖިލީހުގެ ރައީސް އަބްދުއްރަހީމާ އަބްދުﷲ
މަޖިލީހުގެ ރައީސް އަބްދުއްރަހީމާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލަަށް 4 މެމްބަރުން އައްޔަން ކުރަމަށް މަޖިލީހަށް ނަންތައް ފޮނުވައިފި
އެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ
ރައީސް މުއިއްޒު އެދިވަޑައިގެންފައި ވަނީ އެ 13 ބޭފުޅުންގެ ތެރެއިން އެ މަގާމުން އެންމެ އެކަށީގެންވާނެ ހަތަރު ބޭފުޅުން މަޖިލީހުން ކަނޑައަޅުއްވާދެއްވުމަށް

ޓެކްސް އެޕީލް ޓްރައިބިއުނަލަަށް 4 މެންބަރުން އައްޔަން ކުރަމަށް މަޖިލީހަށް ނަންތައް ފޮނުވައިފިއެވެ.

އެ ނަތްތައް ދިރާސާ ކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ހުސްވެފައިވާ 4 މެމްބަރުކަމުގެ މަގާމަށް ބޭފުޅުންގެ ނަންތައް ފޮނުއްވިކަން ހާމަކުރެއްވީ ހޯމަ ދުވަހުގެ ޖަލްސާގައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ 4 މަގާމް ހުސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ދިން ލަފާގެ މަތިން ރައީސް، ޑރ. މުހައްމަދު މުއިއްޒު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު ވަކިކުރައްވާފައިވާތީއެވެ. އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ހުރިހާ ފަރާތްތަކެއްގެ ނަން ރައީސް ޑރ.މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން ފޮނުއްވާފައިވާ ނަންތަކަކީ:

  • މަޖީދު އަލީ، މަތަރެސްމާގެ، ގއ. ދާންދޫ
  • އާއިޝަތު އާދަމް، ރިވެލި، ރ. އަލިފުށި
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ
  • ހަަސަން ޒުހެއިރު މުހައްމަދު، ގ. މާވާރުލު
  • ޝިފްޒާ އަބްދުލްގައްޔޫމު ގަސްދޮށުގެ، ގއ. ނިލަންދޫ
  • އަހުމަދު ސައީދު، މ. ފަތްކޯނި ހުޅަނުބައި
  • އަބްދުﷲ އަބްދުލްހަކީމް އަޒާން، ޕެލަސް، ޅ. ނައިފަރު
  • މުހައްމައު އަމީން ޒާހިރު، ނީލާ، ސ. ހިތަދޫ
  • މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  • އަބްދުލްގަނީ މުހައްމަދު، ހ. ހޮސްސައިޑް
  • އަހްމަދު އަލީ، ހުޅުމާލެ ފްލެޓް
  • އަލީ ރިޒާ އިސްމާއީލް، ހުޅުމާލެ ހިޔާ 2
  • ފާތުމަތު ޝަފީނާޒް، ހުޅުމާލެ ގޯތި 11021

ރައީސް މުއިއްޒު އެދިވަޑައިގެންފައި ވަނީ އެ 13 ބޭފުޅުންގެ ތެރެއިން އެ މަގާމުން އެންމެ އެކަށީގެންވާނެ ހަތަރު ބޭފުޅުން މަޖިލީހުން ކަނޑައަޅުއްވާދެއްވުމަށެވެ.


Advertisement
- ކޮމެންޓް