ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 11:35
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ރެއާލް މަސައްކަތް ކުރަނީ އިތުރަށް ވަރުގަދަ ވުމަށް: އަންޗެލޮޓީ
އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ރެއާލް މިވަގުތު އޮތީ ސަތޭކަ އިންސައްތައިގަ ނޫން ކަމަށެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑު މަސައްކަތް ކުރަމުން އަންނަނީ އިތުރަށް ވަރުގަދަ ވުމަށް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ރެއާލް ވަނީ ޗެމްޕިއަންސް ލީގުގައި މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. މިވަގުތު އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ.

އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ރެއާލް މިވަގުތު އޮތީ ސަތޭކަ އިންސައްތައިގަ ނޫން ކަމަށެވެ. މިހާތަނަށް އައިއިރު ރެއާލަށް ރަނގަޅު ނަތީޖާތަކެއް ނެރެވުނު ނަމަވެސް، މުޅި ޓީމުގެ ކުޅުމާއި، ޑިފެންސިވް ގޮތުން އަދި އެޓޭކުގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ އޭނާ އާއި ރެއާލްގެ ކުޅުންތެރިން އަންނަނީ އެކަންކަން ރަނގަޅު ކުރުމަށް މަޑުމަޑުން މަސައްކަތް ކުރަމުން ކަމަށާއި، އެ މަސައްކަތް ކާމިޔާބު ވާނެ ކަށެވެ.

ރެއާލްގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ވަރަށް ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިން ތިބި ކަމަށާއި، ކުޅުންތެރިންނަށް އޭނާގެ އިތުބާރު އޮންނާނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. މާޒީ އަށް ބަލާއިރު، މިދިޔަ އަހަރުގައި ވެސް ރެއާލް އިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، މިހާތަނަށް އައިއިރު ރެއާލް އޮތީ ހަރުދަނާވެފައި ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. އަދި އިތުރަށް ޓީމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ޑޯޓްމަންޑުގެ ކޯޗު ބަދަލުވުމުގެ އިތުރުން، ބައެއް ކުޅުންތެރިންނަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް ޑޯޓްމަންޑުގެ ކުޅުމުގެ ވައްޓަފާޅި އަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ޤަބޫލު ނުކުރުވޭ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށާއި، އެ ޓީމުން ވެސް ދައްކަމުން އަންނަނީ ރަނގަޅު ކުޅުމެއްކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، މެޗާ މެދު ރެއާލް ވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އެ ޓީމުން ޑޯޓްމަންޑާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

- ކޮމެންޓް