ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 11:34
ހޮލިސްޓިކް ޓީޓީ ޕްރޮގްރާމް ފެށުމުގެ ތެރެއިން
ހޮލިސްޓިކް ޓީޓީ ޕްރޮގްރާމް ފެށުމުގެ ތެރެއިން
ރާއްޖެ އެމްވީ
އިހާ އެކަޑަމީ
އިހާ އެކަޑަމީން ކުރިއަށް ގެންދާ "ހޮލިސްޓިކް ޓީޓީ ޕްރޮގްރާމް" ފަށައިފި
މި ޕްރޮގްރާމްގައި 25 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.

އިހާ އެކަޑަމީން ކުރިއަށް ގެންދާ "ހޮލިސްޓިކް ޓޭބަލް ޓެނިސް ޕްރޮގްރާމް" ފަށައިފި އެވެ.

ހުކުރު ދުވަހު ރަސްމީކޮށް ފެށި މި ޕްރޮގްރާމްގައި 25 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. ތަފާތު ގިނަ ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް އޮތް ހަ މަސް ދުވަސް ވަންދެން ކުރިއަށް ގެންދާނެ ކަމަށް އެ އެކަޑަމީން ވަނީ ބުނެފަ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ޖޫނިއާ އުމުރުފުރާގެ ކުދިންނަށް އަވަށްޓެރި އިންޑިއާ އިން ދެ ދަތުރަކާއި، އަދި ސީނިއާ އުމުރުފުރާގެ ކުޅުންތެރިންނަށް ޔޫރަޕުގެ ދަތުރުތަކެއް ހިމެނޭ ކަމަށް ވެސް އެ އެކަޑަމީން ވަނީ ބުނެފަ އެވެ.

ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ފިޒކަލް ފިޓްސް އަދި ފިޒިއޯތެރަޕީ އެވެ. އެކަމުގެ ތެރެއިން ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އަނިޔާގެ މައްސަލަތައް ދެނެގަތުމާއި، އަނިޔާ އިން ރަނގަޅުވުމަށް ކުރާނެ ކަންކަމެވެ. ދެން މި ޕްރޮގްރާމްގައި ހިމެނޭ އަނެއް ބަޔަކީ ބްރެއިން ޓްރެއިން އެވެ. އެއީ ކުޅުންތެރިން ކޯޓުގައި ނިންމުންތައް ނިންމުމާއި، ރިއެކްޝަން ޓައިމް އަދި މުޅި ނަފްސާނީ ހަރުދަނާކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޓްރެއިނިން އެކެވެ. މިއީ ޕްރެޝަރާ ކުރިމަތިލާން އުނދަގޫވާ އެތުލީޓުންނަށް ވެސް ޚާއްސަ ކުރެވިފައިވާ ޓްރެއިނިން އެކެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ އެތުލީޓެއްގެ ޕާފޯމަންސް މޮނިޓާކޮށް، ރެކޯޑުކޮށް، އެނަލައިޒްކޮށް، ސައިންޓިފިކް ގޮތުން ޕާސަނަލައިޒްޑް ނަތީޖާއެއް ނެރެ، ކުޅިވަރުން ކުރިއަށް ދިޔުމަށް ފަހި ފުރުސަތަކަަށް ވާނެ ކަމަށް ވެސް އެ އެކަޑަމީން ވަނީ ބުނެފަ އެވެ. އިހާ އެކަޑަމީން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިންޑިއާގެ ޕިޒިއޯ ކާމާ ސޮލިއުޝަންއާ ގުޅިގެންނެވެ. މީގެ އިތުރުން ރާއްޖޭގެ ޓޭބިލް ޓެނިސް (ޓީޓީ) އެސޯސިއޭޝަންގެ އެއްބާރުލުމާއެކު އެވެ.

- ކޮމެންޓް