ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 20:13
ގްރީސްގެ ޕިރެއަސް ބަނދަރު
ގްރީސްގެ ޕިރެއަސް ބަނދަރު
ގެޓީ އިމޭޖަސް
ޣައްޒާ ހަނގުރާމަ
ގްރީކް ބަނދަރުން އިޒްރޭލަށް ގެންދަން އުޅުނު ހަތިޔާރު ޝިޕްމަންޓަކަށް ބަނދަރުގެ މަސައްކަތްތެރިން ހުރަސްއަޅައިފ
ބުރާސްފަތި ދުވަހު ގްރީސްގެ ޕިރެއަސް ބަނދަރަށް ގެނެވުނު މި ކޮންޓެއިނަރުގައި 21 ޓަނުގެ ހަތިޔާރު ހުރިކަމަށް މަސައްކަތްތެރިންގެ ޔޫނިއަންގެ މެންބަރަކު ވަނީ ހާމަކޮށްފައި

ގްރީސްގެ ބަނދަރުން އިޒްރޭލަށް ފޮނުވަން އުޅުނު ހަތިޔާރު ޝިޕްމަންޓަކަށް ބަނދަރުގެ މަސައްކަތްތެރިން ހުރަސްއަޅައިފިއެވެ.

ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން، ގްރީކްގެ ބަނދަރުގެ މަސައްކަތްތެރިންގެ ޔޫނިއަންގެ ގިނަ އަދަދެއްގެ މެންބަރުން ގުޅިގެން އިޒްރޭލުށް ފޮނުވަން ހުރި ހަތިޔާރުގެ ކޮންޓެއިނަރެއް ބަރުކުރުން ހުއްޓުވާލައިފިކަމަށް އޮފިޝަލުން ހުކުރު ދުވަހު ރޯއިޓާސްއަށް ވަނީ މަޢުލޫމާތު ދީފައެވެ.

ބުރާސްފަތި ދުވަހު ގްރީސްގެ ޕިރެއަސް ބަނދަރަށް ގެނެވުނު މި ކޮންޓެއިނަރުގައި 21 ޓަނުގެ ހަތިޔާރު ހުރިކަމަށް މަސައްކަތްތެރިންގެ ޔޫނިއަންގެ މެންބަރެއް، ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން ރޯއިޓާސް އަށް ކިޔައިދީފައިވެއެވެ. މި ހަތިޔާރު ނޯތު މެސެޑޯނިއާއިން ޓްރަކުގައި ގެނެސް، މާޝަލް އައިލެންޑްސްގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ބަރުކޮށް އިޒްރޭލަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ބޯޓަށް ހަތިޔާރު ކޮންޓޭނަރު އެރުވުމުގެ ކުރިން، ބަނދަރު މަސައްކަތްތެރިންގެ ޔޫނިއަނުން މަސައްކަތްތެރިންނަށް ގޮވާލާފައިވަނީ އިހުތިޖާޖުކޮށް، ޣައްޒާގެ ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރާއި ވަޒަން ފޮނުވުން ހުއްޓުވުމުގައި ބައިވެރިވުމަށެވެ.

"ޕިރެއަސް ބަނދަރު ހަނގުރާމައިގެ ބައިވެރިއަކަށް ހެދިޔަކު ނުދޭނަމޭ އަޑުގަދަކޮށް ބުނަންވީ ވަގުތު މިއީ،" އެމީހުންގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ. "އަހަރެމެން މަސައްކަތްކުރަނީ ސުލްހައަށް... ހަނގުރާމައިގެ ބައިވެރިއަކަށް ގްރީސް ވުމަށް ނޫނެކޭ ބުނޭ."

އޭގެ ފަހުން އެ ފޭސްބުކް ޕޭޖުގައި އަޕްލޯޑްކޮށްފައިވާ ފޮޓޯތަކުން ފެންނަނީ އިހްތިޖާޖު ކުރާ މީހުން ފްލެއަރ ހިފައިގެން ތިބި މަންޒަރާއި، އުޅަނދެއްގައި ސްޕްރޭކޮށް "މީހުން މަރާ މީހުން، ބަނދަރުން ދުރަށްދޭ،" ލިޔެފައިވާ މަންޒަރެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހަތިޔާރު އަރުވާފައިވާ ޓްރަކު މިހާރު ވަނީ ބަނދަރު އޮތޯރިޓީގެ ބެލުމުގެ ދަށުގައެވެ. އަދި މި ހާދިސާއާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަށާއި މަސައްކަތްތެރިންގެ ޔޫނިއަންގެ ލީޑަރަކު ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ގްރީސްގެ ކޯސްޓްގާޑް އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް