ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 12:25
ހުރަވީ ސްކޫލް
ހުރަވީ ސްކޫލް
ރާއްޖެއެމްވީ
ހުރަވީ ސްކޫލު ކުއްޖެއް މަރުވުން
ހުރަވީ ސްކޫލުގައި އިން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ
މަރުވީ 13 އަހަރުގެ ކުއްޖެއް

ހުޅުމާލެ ހުރަވީ ސްކޫލުގައި އިން ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ހުރަވީ ސްކޫލުގައި އިން ކުއްޖަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ އެ ކުއްޖާ މަރުވީ ފިޓް ޖެހިގެން ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް