ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 19:41
މިދޫ ދާއިރާގެ މެންބަރު ސިޔާމް
މިދޫ ދާއިރާގެ މެންބަރު ސިޔާމް
ރައްޔިތުންގެ މަޖިލިސް
ސިޔާމުގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް
ސިޔާމުގެ ބަހުގެ ހޫނު ހަމަލާތަކެއް ސަރުކާރަށް: ޓެކްސް ބޮޑުކޮށްގެން ކުރާނެ ރާހަތެއް ނެތް، ހަރަދު ކުޑަކުރޭ
މި ގައުމުގައި ދެ މިލިއަން ޑޮލަރު ނެތް
ދައްކާ ޓެކްސްތައް ވަންނަ ތަނެއް ކުރާ ބޭނުމެއް ކުރާކަމެއް ނުފެނޭ
ޓެކްސް ބޮޑުކޮށްގެން އެ އުޅެނީ ރިހޭ ފައިމައްޗަށް ފޮއި ވައްޓަން

ޓެކްސް އިތުރަށް ދިހަ ގުނަ ޖެއްސިޔަސް، ސަތޭކަ ގުނަ ޖެއްސިޔަސް، އެއް ހާސް ގުނަ ޖެއްސިޔަސް އެއަކުން ކުރާނެ ރާހަތެއް ނޯންނާނެ ކަމަށާއި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލާ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމުގެ ބަހުގެ ހޫނު ހަމަލާތަކެއް ސަރުކާރަށް އަމާޒުކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޕީއެންސީގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުގެ ގޮތުގައި މަސައްކަތް ކުރެއްވި ސިޔާމް ވިދާޅުވީ ޓެކްސް ނަގާއިރުގައި ޓެކްސް އެ ނަގަނީ ދުނިޔޭގެ އިޤްތިޞާދީ ބާރުތަކުގެ ތެރޭގައި ކުރިއަރަމުން އަންނަ އިޤްތިޞާދުތަކާ އެއްވަރަށް ނެގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޓެކްސް މިހާރު ވެސް ވަރަށް ބޮޑު ކަމަށާއި، ޓެކްސް މިހާރު ވެސް ދުނިޔޭގެ އެންމެ ކުރިއަރާފައި ހުރި ދުބާއީ، ސިންގަޕޫރު ފަދަ ތަންތަނަށްވުރެ ބޮޑު ކަމަށެވެ.

ދުބާއީގައި މިހާރު ވެސް ޖީއެސްޓީގެ ގޮތުގައި ނަގަނީ %8 އާއި %9 އާ ދޭތެރޭގައި ކަމަށާއި، ސިންގަޕޫރުގައި ވެސް ނަގަނީ އެވަރަށް ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ޓެކްސް ބޮޑުކުރަން ވެއްޖެ ކަމުގައި ވާނަމަ، ރާއްޖޭގެ އިޤްތިޞާދު ހަލާކުވެ ނިކަމެތިވެގެން ހިނގައިދާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ސަބަބަކަށް ވަނީ ޓެކްސް ނަގަނީ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ޓަކައި ކަމަށާއި، ރައްޔިތުންގެ ބޭނުންތައް އޭގެ ފުރިހަމަ ގޮތުގައި ފުއްދައިދިނުމަށް ޓަކައި ކަމަށެވެ. މިހާރު ވެސް ޓެކްސް ނަގަމުންދަނީ ބޭނުންވާވަރަށްވުރެ ގިނައިން ކަމަށް ސިޔާމް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ފަސް ބިލިއަން ޑޮލަރު އެބަ ލިބޭ ޓެކްސްގެ ގޮތުގައި، އެއަށްވުރެ ވެސް މަތި. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ދިޔަ އަހަރުތަކުގެ ތެރޭގައި ފެނިގެން މި ދިޔައީ އަޅުގަނޑުމެންގެ ރައްޔިތުންގެ އަތުން، ބުރަ މަސައްކަތްކުރާ ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަމުންދާ ތަން. އެގޮތަށް ޓެކްސް ނަގަމުން ގޮއްސަ މިއަދު މިވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި، ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ޤައުމަކަށްވެފަ. މި ޤައުމަށް ލާރި ވެސް ލިބޭ. މި ޤައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ ޙަޤީޤަތުގައި ބުނާނަމަ އެންމެ މުއްސަނދި ޤައުމު ވެސް މެ ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާއިރު. އެހެންނަމަވެސް، އަޅުގަނޑުމެންގެ މި ލިބޭ ޓެކްސްގެ ތެރެއިން ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށް ވަންޏާމުން ދެ ބިލިއަން ޑޮލަރު ކޮންމެ އަހަރަކު މި އަޅާލަނީ ކަނޑަށް. އިއްޒަތްތެރި މެންބަރުނ،ް އިއްޒަތްތެރި ރައީސ،ް އިއްޒަތްތެރި ރައްޔިތުން ވިސްނާވަޑައިގަންނަވާ! އަޅުގަނޑުމެންނަށް ފަސް ބިލިއަން ޑޮލަރު ލިބޭއިރުގައި ދެ ބިލިއަން ޑޮލަރު ކަނޑަށް އަޅާކަމަށް ވަންޏާ އަޅުގަނޑުމެން މި ޓެކްސް އިތުރަށް ދިހަ ގުނަ ޖެއްސިޔަސް، ސަތޭކަ ގުނަ ޖެއްސިޔަސް، އެއް ހާސް ގުނަ ޖެއްސިޔަސް އިއްޒަތްތެރި ރައީސް، މިއަކުން ކުރާނެ ރާހަތެއް ނޯންނާނެ.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް

ސިޔާމް ވިދާޅުވީ ކުރަންވީ އެންމެ މުހިއްމު އެއް ކަމަކީ އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. ސިޔާމް ވިދާޅުވީ އިތުރަށް ކިތަންމެ ޓެކުހެއް ނެގިޔަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. މިއަދުނ،ް މިއަދުނ،ް މިއަދުން މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ޖަރީމާ ކުންފުނިތައް ހުއްޓާލުން ކަމަށާއި، އެއީ ހުސް ވައްކަންކުރާ ކުންފުނިތައް ކަމަށެވެ.

ސިޔާމް ވަނީ ޤައުމު ހަލާކުނުވަނީސް ހޭލާވަޑައިގެންނެވުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މި އުޅެނީ ޓެކުހެއް ނަގާލެއް މަދުވެގެނެއް ނޫން ކަމަށެވެ. އަދި ލިބޭ އެއްޗެއް މަދުވެގެނެއް ވެސް ނޫން ކަމަށާއި، ރާއްޖޭގައި އަދި ދުނިޔޭގައި ހުރި ހުރިހާ ޤައުމުތަކުން ޓެކްސް ލާރި ހޯދައިގެން ޤައުމަށް ލާރި ގެނެސްގެން ވެސް އިންވެސްޓްކޮށްފައި ތިބި ބައެއް ތިބި ކަމަށާއި، ވިޔަފާރިވެރިން އެ ނަގަނީ ދިހަ އަހަރު ބާރަ އަހަރު ބޮޑު ފީޒިބިލިޓީއެއް ހަދައިގެން އެ ފީޒިބިލިޓީގެ ދަށުން އެ މީހުންނަށް ފައިދާ ލިބޭނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ޓަސްޓަސްލާފައި ބޮޑެތި ޓެކްސްތައް ނަގާއިރުގައި ވާނެ ގޮތަކާ ދޭތެރޭގައި ވިސްނަން އެބަ ޖެހޭ ކަމަށާއި، މިދިޔައަހަރުގެ ނޮވެންބަރުން ފެށިގެން އިންޑިއާ މާކެޓު އެއްކޮށް އަޅުގަނޑުމެން ގެއްލިގެން މުޅި މި ޤައުމަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ ކަމަށެވެ.

މިއީ ޙަޤީޤަތް. މި ވަބާގެ ތެރޭގައި އަދި އަޅުގަނޑުމެންނަށް ރަނގަޅަށް ތެދުވެނުވެ އުޅެނިކޮށް އަނެއްކާ މިވީ އަޅުގަނޑުމެންގެ ރިހޭ ފައި މައްޗަށް ފޮއެ ވައްޓާލަން ތި އުޅުއްވަނީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ފައި ދާނީ ފިސްފިސްވެގެން ކަމެއް ނޭނގެ. ފައި އޮންނާނެ ކަމެއް ވެސް ނޭނގެ. އެހެންވީމާ ވަރަށް މުހިންމު ކަމެއް މިއީ. އަޅުގަނޑުމެން ޓެކްސް ނަގަން އަޅުގަނޑުމެން ދެކޮޅީކީ ނޫން. އެހެންނަމަވެސް، ޓެކްސް ނަގާފައި، ޓެކްސް ނަގަމުން، ނަގައި ލިބޭ ފައިސާ އެ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރާށޭ. ވައްކަން ނުކުރާށޭ. ނުފޭރޭށޭ، ރައްޔިތުންގެ ލާރި ނުފޭރޭށޭ. ތި ކުންފުނިތައް ހުއްޓައިލާށޭ. އެ ނޫން ގޮތަކަށް ދާކަމަށްވާނަމަ މި ޤައުމު ހަލާކުވެގެންދާނެކަން ހަމަ 100% ޔަޤީން. މިހާރު ވެސް ކޯ އްޗެއްތޯ މި ޤައުމުގައި އޮތީ؟ މިއީ ޤައުމެކޭ އިނގޭތޯ. މި ޤައުމުގައި ނެތޭ ދެ މިލިއަން ޑޮލަރު މިއަދު.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް

ސިޔާމް ވަނީ ވިޔަފާރިވެރިންނާއި ރިސޯޓުހިންގާ ފަރާތްތަކުން ދައްކާ ޓެކްސް ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި އެދަނީ ކޮންތާކަށްތޯ އަދި ކުރަނީ ކޮންކަމެއްތޯ ވެސް ސުވާލުއުފައްދަވާފައިވެއެވެ. އަދި ކުރީ ސަރުކާރުތަކުން ލޯނު ނަގަނީ ފައިދާ ހޯދުމަށްޓަކައި ކަމަށާއި، ނަމަވެސް މިހާރު ލޯނު ނަގަނީ ކީއްކުރަންތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް