ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 19:03
ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލާ ފާސްކޮށް ހައްޔަރުކުރި މީހުން
ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލާ ފާސްކޮށް ހައްޔަރުކުރި މީހުން
ޕޮލިސް
ސްޕާ ރެއިޑްކުރުން
ސްޕާއެއް ރެއިޑްކޮށް 7 މީހަކު ހައްޔަރުކޮށްފި
ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ވަނީ ބަންދުކޮށްފައި
ދިވެހި 3 އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ތައިލެންޑުގެ 3 އަންހެނުން ވަނީ ހައްޔަރުކޮށްފައި

ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުންނެވެ.

ހައްޔަރުކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ އާއިޝަތު އަބްދުއްރައްޒާގު (55އ)، ފާތިމަތު ސިއުނާ (42އ)، ޝިއުނާ ހުސައިން (36އ) އަދި މުހައްމަދު ޝަފީއު (49އ) އެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ތައިލޭންޑުގެ ތިދަރަތު ޗުންކޮންގް (29އ)، ވިލައިލަކް ތުންމުއަންގްޑޮން (32އ) އަދި ޕަވީނާ ބުންނަކް (36އ) އެވެ.

މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް