ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 14:00
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރާއްޖެ އެމްވީ
ސިޔާސީ މަގާމުތައް އުވާލުން
ސަރުކާރުގެ 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް މުޢިއްޒު ނިންމަވައިފި
ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުން މި މަޤާމުތައް އުވާލާނެ

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މަޤާމު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސް މުޢިއްޒުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުން މަޤާމުތަކެއް އުވާލެވޭނެ ކަމަށެވެ.

އެގޮތުން އުވާލެވޭ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނަރުންނެވެ.

މި ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވެއެވެ. މިއީ އަހަރަކު 68.568 މިލިއަން ރުފިޔާއެވެ.

މިހާތަނަށް ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ޖުމްލަ އަދަދު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ތެރޭގައި ސިޔާސީ މުވަައްޒަފުންގެ އަދަދު 700ށްވުރެ ގިނަ ނުކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުން ބަޔަކު ވަކިކުރާކަން ރައީސް މުއިއްޒު ހާމަކުރެއްވި ނަމަވެސް އެއީ ކޮން ބައެއްކަން އެނގޭނެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
- ކޮމެންޓް