ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 10:49
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
އިސްރާއީލް ބަލިކޮށް، އިޓަލީ އެއް ވަނައިގައި
އިޓަލީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ.

ޔުއެފާ ނޭޭޝަންސް ލީގު އޭގެ ގުރޫޕު ދޭއްގައި އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިޓަލީން އެއް ވަނަ އަށް ޖެހިލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ 4-1ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން އެއް ލަނޑު ޖެހި ނަމަވެސް، ދެ ވަނަ ހާފުގައި ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި އިސްރާއީލް އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އިޓަލީން ލަނޑު ޖެހީ، އެ ޓީމަށް ލިބުނު ޕެނަލްޓީންނެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މަޓެއޯ ރެޓެގީ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އިޓަލީގެ ދެ ވަނަ ލަނޑު ޖެހީ ޖިއޮވާނީ ޑި ލޮރެންޒޯ އެވެ. އޭގެ ފަހުން 66 ވަނަ މިނެޓުގައި އިސްރާއީލްގެ ހަމައެކަނި ލަނޑު ޖެހީ އަބޫ ފާނީ އެވެ. މެޗުގެ 72 ވަނަ މިނެޓުގައި އިޓަލީގެ ތިން ވަނަ ލަނޑު ޖެހީ ޑަވިޑޭ ފްރަޓޭސީ އެވެ. އޭގެ ހަތް މިނެޓު ފަހުން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ލޮރެންޒޯ އެވެ.

މޮޅާއެކު އިޓަލީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް