ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 10:29
އަބްދުލް ޢަފޫރު އިބްރާހިމް ހަނދާނުގައި ސުކޫތެއް ގެނައުން
އަބްދުލް ޢަފޫރު އިބްރާހިމް ހަނދާނުގައި ސުކޫތެއް ގެނައުން
ރައްޔިތުންގެ މަޖިލިސް
ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުން
ކުރީގެ މެންބަރު ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި ސުކޫތެއް ގެނެސްފި
އެ މަނިކުފާނު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ތައުޒިޔާވިދާޅުވެފަ
ހޯމަ ދުވަހުގެ ވަގުތެއްގައި ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަހުމަދު ނާޒިމް ވަނީ ޢަބްދުލްޣަފޫރު އިބްރާހީމްގެ ޚިދުމަތް ފާހަގަކުރައްވާ އެކަމަށްޓަކާ އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަރުޙޫމް ޢަބްދުލްޣަފޫރު އިބްރާހިމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް ދުއާ ދަންނަވާފައިވެއެވެ.

އެ މަނިކުފާނު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ތައުޒިޔާވިދާޅުވެފައެވެ.

އަބްދުލް ޢަފޫރު މޫސާގެ ހަނދާނުގައި ސުކޫތެއް ގެނައުން - ރައްޔިތުންގެ މަޖިލިސް

ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގަތް ކަމަށެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެންނެވެ.

ޢަބްދުލްޣަފޫރު އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށް އަދާކުރައްވާފައެވެ.

- ކޮމެންޓް