ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 06:30
ދީރުލް ބަލާހްގައި ހުރި އަންރްވާ އިން ހިންގާ ރެފިއުޖީން ތިބޭ ސްކޫލެއްގައި ކާތަކެތި ބަހަނީ
ދީރުލް ބަލާހްގައި ހުރި އަންރްވާ އިން ހިންގާ ރެފިއުޖީން ތިބޭ ސްކޫލެއްގައި ކާތަކެތި ބަހަނީ
ގެޓީ އިމޭޖަސް
ޣައްޒާ ހަނގުރާމަ
ފަލަސްތީނު މީހުންނަށް ކާބޯތަކެތި ބަހާ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި
ހޯމަ ދުވަހު ދިން މި ހަމަލާގައި އެ އޭޖެންސީން ބުނާ ގޮތުގައި މަދުވެގެން 10 މީހުން މަރުވެ 40 މީހުންނަށް އަނިޔާވެފައިވޭ

ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް ކާބޯތަކެތި ބަހާ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި ކަމަށް ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވެދޭ އދ. ގެ އޭޖެންސީ (އަންރުވާ) އިން ބުނެފިއެވެ.

އަންރުވާ އިން ބުނެފައިވަނީ އިމާރާތުގެ ބޭރަށާއި އެތެރެއަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ.

ހޯމަ ދުވަހު ދިން މި ހަމަލާގައި އެ އޭޖެންސީން ބުނާ ގޮތުގައި މަދުވެގެން 10 މީހުން މަރުވެ 40 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

"މިކަން ހިނގީ މީހުން މަރުކަޒުން ކާބޯތަކެތި ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް" އެ އޭޖެންސީން ބުނެފައިވެއެވެ.

ފަލަސްތީނު މެޑިކަލް އޮފިޝަލުން ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ.

އަންރުވާގެ މަރުކަޒަށް މިދިން ހަމަލާ އާ ބެހޭ ގޮތުން އިޒްރޭލު ސިފައިންގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.                                    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް