ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 09:43
އީސީގެ ރައީސް ފުއާދު ތައުފީގު (މ) އަދި މެންބަރުން މަޖިލިސް ކޮމިޓީގައި
އީސީގެ ރައީސް ފުއާދު ތައުފީގު (މ) އަދި މެންބަރުން މަޖިލިސް ކޮމިޓީގައި
މަޖިލިސް
ސިޔާސީ ޕާތީތައް ހިންގުބް
ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އޭޖީ އޮފީހަށް ފޮނުވައިފި
އެ ކޮމިޝަނުން ބުނީ އެ އިސްލާހުތަކާއި މެދު ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެފައިވާކަމަށް
މި އިސްލާހުތަކާއި އެކު ޕާޓީތަކުގެ ހިންގުން ހަރުދަނާވާނެ ކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ

ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އެޓާނީ ޖެނެރަލް(އޭޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި އިސްލާހުތަކާއި އެކު ޕާޓީތަކުގެ ހިންގުން ހަރުދަނާވާނެ ކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އޭޖީ އޮފީހަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކުވެސް ދޭ ބަޖެޓުގެ ހަތަރު ބައިކުޅަ އެއްބައި ހުރިހާ ސިޔާސީ ޕާޓީއަކަށް ލިބޭ އިސްލާހު ހިމެނެއެވެ. އީސީން ނިންމާފައި ވަނީ ޕާޓީތަކުގެ ބަޖެޓް 4 ބަޔަކަށް ބަހާލައިގެން ފޯރުކޮށްދިނުމަށެވެ.

އެގޮތުން ކުދި ޕާޓީތައް ވެސް ހިމެނޭހެން، ހުރިހާ ޕާޓީއަކަށް ބަޖެޓް ފޯރުކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އާއި އެކު ނިންމާފައެވެ. ބަޖެޓްގެ ބައެއް 10،000 އަށްވުރެ ގިނަ މެންބަރުން ހަމަވާ ޕާޓީތަކަށް ދޫކުރުމަށް ވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ އިތުރުން މަޖިލިސް އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށް ބަލައިގެން އެއްބައި ދޫކުރުމަށް ނިންމާފައިވާ އިރު ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބެލުމަށް ފަހު ހަތަރު ވަނަ ބަޔަށް ވާ ފައިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ އިސްލާހުތަކައް ހުށަހަޅާފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް ފަހުގައެވެ. އެ ކޮމިޝަނުން ބުނީ އެ އިސްލާހުތަކާއި މެދު ހުރިހާ ސިޔާސި ޕާޓީއަކުން އެއްބަސްވެފައިވާކަމަށެވެ.

ސިޔާސީ ޕާތީތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއި އެކު ސިޔާސީ ޕާޓީތަކުގެ ދަފުތަރު، ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް