ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 10:56
ރެއާލަށް ކުޅެމުން އަންނަ އެޑާ މިލިޓާއޯ
ރެއާލަށް ކުޅެމުން އަންނަ އެޑާ މިލިޓާއޯ
ރޮއިޓާސް
ރެއާލް މެޑްރިޑު
ސެލްޓަ ވީގޯ މެޗުގައި މިލިޓާއޯ އަށް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑު
ގާތް ގަނޑަކަށް ދިހަ ދުވަހުގެ ތެރޭގައި މިލިޓާއޯގެ އަނިޔާ އިން އޭނާ ރަނގަޅު ވާނެ ކަމަށް ބެލެވޭއިރު، ރެއާލްގެ މެޑިކަލް ޓީމުން އަންނަނީ މިލިޓާއޯގެ ފަރުވާގެ ކަންކަން ވަރަށް ކައިރިން ބަލަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް، ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅޭ މެޗުގައި އެޑާ މިލިޓާއޯ އަށް ކުޅެވޭނެ ކަމަށް ރެއާލް މެޑްރިޑުން އަންދާޒާ ކޮށްފި އެވެ.

މިލިޓާއޯ އަށް އަނިޔާވެފައި ވަނީ ބައިނަލްއަޤުވާމީ ބްރޭކަށް ބްރެޒިލް ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެކަމާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުލީލުތަކުން ފާހަގަވެފައިވާ ގޮތުގައި، މިލިޓާއޯގެ ވާއަތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އެކަމާ ގުޅިގެން އޭނާ ވަނީ ބްރެޒިލް ޤައުމީ ސްކޮޑުން ބޭރުވެފަ އެވެ. އެހެންކަމުން ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިލް އިން ޗިލީ އާއި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

ރެއާލްގެ މެޑިކަލް ޓީމާ ހަވާލާދީ ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބައިނަލްއަޤުވާމީ ބްރޭކަށް ފަހު ސްޕެނިޝް ލީގުގައި ރެެއާލް އިން ކުޅޭ މެޗުގައި މިލިޓާއޯ އަށް ކުޅެވޭނެ ކަމަށް ބެލެވެ އެވެ. ބްރޭކަށް ފަހު، މި މަހުގެ 20 ވަނަ ދުވަަހު ސްޕެނިޝް ލީގުގައި ރެއާލް ނިކުންނާނީ ސެލްޓަ ވީގޯއާ ދެކޮޅަށެވެ. ގާތް ގަނޑަކަށް ދިހަ ދުވަހުގެ ތެރޭގައި މިލިޓާއޯގެ އަނިޔާ އިން އޭނާ ރަނގަޅު ވާނެ ކަމަށް ބެލެވޭއިރު، ރެއާލްގެ މެޑިކަލް ޓީމުން އަންނަނީ މިލިޓާއޯގެ ފަރުވާގެ ކަންކަން ވަރަށް ކައިރިން ބަލަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިލިޓާއޯ އަކީ ރެއާލްގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ އެއް ޑިފެންޑަރެވެ. މި ސީޒަންގައި ވެސް އޭނާ ވަނީ ރެއާލަށް 12 މެޗު ކުޅެދީފަ އެވެ. ރެއާލްގެ ކޯޗު ކާާލޯ އަންޗެލޮޓީ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި މިލިޓާއޯ ހިމެނޭއިރު، މިވަގުތު ރެއާލް ގައި އަނިޔާގެ މައްސަލަތައް ވަރަށް ބޮޑެވެ. ދާދި ފަހުން ވަނީ ރެއާލްގެ ޑެނީ ކާވަހާލް އަދި ވިނީޝިއުސް ޖޫނިއާ އަށް ވެސް އަނިޔާވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް