ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 11:30
އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިޟްވާން ރަހީނުކޮށް ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުން
އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިޟްވާން ރަހީނުކޮށް ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުން
ޕޮލިސް
ފޭރުމުގެ މައްސަލަތައް
އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރަހީނުކޮށް ފޭރުނު މައްސަލައިގައި ދައުވާކުރަން ހުށަހަޅައިފި
އެމީހާއަށް ވަޅިން ބިރުދައްކައި ބަރަހަނާކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރުވާފައިވޭ
އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ

މާލޭ ގެއަކަށް މީހަކު ވައްދައި އަނިޔާކޮށް، ފޭރުނު މައްސަލައެއްގައި ދަޢުވާކުރަން ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ 24 ޖުލައި 2024 ދުވަހުގެ ވަގުތެއްގައި ދިލްބަހާރުމަގު މއ. މަސްފަން ގެ ކައިރީގައި ހުރި މީހަކަށް ގޮވައި އޭނާ މަސްފަންއަށް ވައްދައި ވަޅިން ބިރު ދައްކާ، ބަރަހަނާކޮށް، އަނިޔާކޮށް، އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް އަދި އޭނާގެ ކޭޝް ކާޑް ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާތައް ކުރުމަށް ސެޕްޓެމްބަރު 23 ގައި ހުށަހަޅާފައިވާ ކަމަށެވެ.

ދަޢުވާލިބޭ ފަރާތްތައް:

  • ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމްއާއި،
  • މއ. މަސްފެން، މުޙައްމަދު ރީހާންއާއި،
  • މއ. މަސްފެން، ޢާއިޝަތުގެ މައްޗަށް؛

ދަޢުވާތައް:

  • ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ ދަށުން -  އަނިޔާއެއް ދިނުން
  • ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 232 ވަނަ މާއްދާގެ ދަށުން – އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުން
  • ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން - ފޭރުން

ހއ.އަތޮޅު އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިޟްވާން ރަހީނުކޮށް އޭނާގެ އަތުން ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ.

އަހުމަދަށް ބިރު ދައްކައި ފޭރުމަށް މަސައްކަތް ކޮށް، ފޯނާއި ވޮލެޓު އަތުލައި، އޭނާގެ އެކައުންޓުން 20،000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފަރ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް