ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 19:22
އިޒްރޭލާ ދެކޮޅަށް އަޑު އުފުލި ޝާދިޔާ އާއި ޑރ.ޝަޒްރާ
އިޒްރޭލާ ދެކޮޅަށް އަޑު އުފުލި ޝާދިޔާ އާއި ޑރ.ޝަޒްރާ
ޕޮލިސް
ޝަޒްރާ ބަންދުކުރި މައްސަލަ
ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުންދިޔަ ޝާދިޔާ ބަންދުކުރީ ގޯސްކޮށް - ހައިކޯޓް
ހައްޔަރުކޮށްފައިވަނީ އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް
ހައްޔަރުކޮށްފައިވަނީ ތުހުމަތު ކުރެވޭ ކުށަށް ބާރުދޭ އެއްވެސް ހެއްކެއް ނެތިކަން

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ނަސްލު ނައްތާލުމަށް ގޮވާލައި ބޭރުގެ އެމްބަސީތަކުގެ ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އައިޝަތު ޝާދިޔާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ތަކުރާރުކޮށް ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބުތަކަށް ހުރަސް އެޅުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ ޝާދިޔާއެވެ.

އަންގާރަ ދުވަހު ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ނެރުނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ކަމަށެވެ. އެހެންކަމުން ޝާދިޔާ ބަންދުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ހައިކޯޓުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރުނު އިރު ޝާދިޔާގެ ފަރާތުން އާންމުންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވީ ކިހިނެއް ކަމެއް ސާފުކޮށްދީފައި ނުވާކަމަށެވެ. އަދި ޝާދިޔާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެ ހުކުމުގައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތަށް ދެ ފަހަރެއްގެ މަތިން ޝާދިޔާ ބަންދުކުރިއެވެ. ޝާދިޔާއާ އެކު ޑރ. ޝަޒްރާ އިބްރާހިމް ވެސް ވަނީ ބަންދުކުރިއެވެ. މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރި މި ދެ މީހުން ބަންދުގައި ބަހައްޓައިގެން ނުވަ ދުވަސް ފަހުން ދޫކޮށްލާފައިވެއެވެ. އަދި ދޫކޮށްލާފައިވަނީ ޝަރުތުކުރުމަށްފަހުއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގެ އިސްތިއުނާފުގެ މައްސަލަ ބެއްލެވީ ހައިކޯޓުގައި ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އިސް ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް