ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 14:05
ރައީސް މުއިއްޒު އާއި އިންޑިއާޣެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ރައީސް މުއިއްޒު އާއި އިންޑިއާޣެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހިމެނޭހެން ރާއްޖެއިން އިންޑިއާއާ އެކު 5 އެގްރީމެންޓެއް އެކުލަވާލައިފި
ކަރަންސީ ސްވޮޕް އެއްބަސްވުން އެކުލަވާލާފައިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭއާއި އިންޑިއާގެ ރިޒާވް ބޭންކާ ދެމެދުގަ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ހޯމަ ދުވަހު
ހޯމަ ދުވަހު ވިޝަން ޑޮކިއުމަންޓް ތަޢާރަފްކޮށް ހުރަވީ ޝިޕް އިފްތިތާހްކޮށްފަވޭ

400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހިމެނޭހެން ރާއްޖެއިން އިންޑިއާއާ އެކު 5 އެގްރީމެންޓެއް އެކުލަވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ހޯމަ ދުވަހުއެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ވަނީ ވިޝަން ޑޮކިއުމަންޓް ތަޢާރަފްކޮށް ހުރަވީ ޝިޕް އިފްތިތާހްކޮށްފައެވެ. އަދި ރުޕޭ ކާޑް ރާއްޖޭގައި ބޭނުންކުރުން އިފްތިތާހްކޮށްފައެވެ.

މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ރާއްޖެއާއި އިންޑިއާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަރަންސީ ސްވޮޕް އެއްބަސްވުން އެކުލަވާލާފައިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭއާއި އިންޑިއާގެ ރިސަރވް ބޭންކާ ދެމެދުގައެވެ.

ހޯމަ ދުވަހު އެކުލަވާލާފައިވާ އިތުރު އެއްބަސްވުންތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު ކޮރަޕްޝަން މަދުކުރުމަށް އެކުލަވާލި އެއްބަސްވުމާއި، ކޯޕަރޭޝަން ބިޓުވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާއި ރާޝްތްރިޔާ ރަކްޝާ ޔުނިވަރސިޓީއާ ދެމެދު އެކުލަވާލި އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް އެކުލަވާލި އެއްބަސްވުން ފާހަގަކޮށްލެވެއެވެ.

ހޯމަ ދުވަހު، އެކްސްޓެންޝަން އޮފް ދަ މެމޮރަމްޑަން އޮފް އަންޑަސްޓޭޏްޑިން ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް އެއްބަސްވުން ވެސް ވަނީ ޤާއިމްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް