ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 09:19
ޗެލްސީ އަދި ފޮރެސްޓު ކުޅުނު މެޗުގެ ތެރެއިން
ޗެލްސީ އަދި ފޮރެސްޓު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ފޮރެސްޓް ކައިރިން ޗެލްސީ އެއްވަރު
ނަތީޖާ އާއެކު ޗެލްސީ އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން 14 ޕޮއިންޓާ އެކުު ލީގު ތާަވަލްގެ ހަތަރު ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ފޮރެސްޓުންނެވެ. ނަމަވެސް ޗެލްސީން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހާފައި ވަނީ ފަހު ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ފޮރެސްޓަށް ލީޑު ނަގައިދިނީ ކްރިސް ވޫޑް އެވެ. އޭނާ އެ ލަނޑު ޖެހީ ނިކޮލާ މިލެންކޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނޯނީ މަޑުއޭކޭ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަަވަސްކޮށްދިނީ ކޯލް ޕާމާ އެވެ.

ނަތީޖާ އާއެކު ޗެލްސީ އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން 14 ޕޮއިންޓާ އެކުު ލީގު ތާަވަލްގެ ހަތަރު ވަނައިގަ އެވެ. ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ މެޗު އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް