ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 22:41
ރައީސް ނަޝީދު
ރައީސް ނަޝީދު
ޓްވީޓަރ
ޗާގޯސް
ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު
ފޯޅަވަހިވެސް ހިމެނޭ ގޮތުން، އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން އެއްބަސްވެ އެކަން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައި

ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ރާއްޖެއިން ބުނަމުން ދަނިކޮށް އެ ތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފޯޅަވަހިވެސް ހިމެނޭ ގޮތުން، އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން އެއްބަސްވެ އެކަން ބުރާސްފަތި ދުވަހު އިނގިރޭސިވިލާތާއި މޮރިޝަސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

އެކްސްގައި ބުރާސްފަތި ދުވަހު ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޮރިޝަސްއަށް ޕެރޮސް ބެނޮސް އެޓޯލް (ދިވެހި ބަހުން ފޯޅަވަހި) ގެ ސިޔާދަތީ ބާރު ދީގެން ނުވާނެ ކަމަށެވެ. އެގޮތައް އެކަން ކޮށްފިނަމަ އެއީ ނުބައިވިސްނުމެއްގެ ތެރެއިން ނިންމާ ނިންމުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފޯޅަވެއްސަކީ ޗާގޯސް ޖަޒީރާގައި ކުރިން މީހުން ދިރިއުޅުނު އަތޮޅެއް ކަމަށްވެއެވެ. މި އަތޮޅުގެ ޖުމްލަ ސަރަޙައްދަކީ 503 އަކަކިލޯމީޓަރު (194 އަކަމޭލު) އެވެ. ނަމަވެސް ހިކިފަސްތަނުގެ ބޮޑުމިނަކީ 9.6 އަކަކިލޯމީޓަރު (3.7 އަކަމޭލު) އެވެ. މިއީ 32 ކުދި ރަށްތަކުން އެކުލެވިގެންވާ އަތޮޅެކެވެ.

ޕެރޯސް ބަންހޯސްއަކީ މެދުމިނުގެ މުރަކަ އަތޮޅެކެވެ. އަދި އެއީ އާންމު މުރަކަ ފަރަކުން ވަށައިލެވިފައިވާ އަތޮޅެކެވެ. މިއީ ދިވެހިރާއްޖޭގެ އަތޮޅުތަކާ ވަރަށް އެއްގޮތް އަތޮޅެކެވެ. ހުރިހާ ރަށްތަކަކީވެސް ދޮންވެލީގެ ގޮނޑުދޮށްތައް ހުންނަ ރަށްތަކެކެވެ. މިރަށްތަކުގެ މައިގަނޑު ގަހަކީ ރުކެވެ.

އިނގިރޭސިވިލާތާއި މޮރިޝަސްއިން ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމި އެއްބަސްވުމަށް އެމެރިކާ އާއި އިންޑިއާގެ އެހީތެރިކަމާއި ތާއީދު ލިބިފައިވާ ކަމަށެވެ.

- ކޮމެންޓް