ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 12:37
އެސްޓަން ވިލާ އާއި ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން
އެސްޓަން ވިލާ އާއި ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އެސްޓަން ވިލާ އިން ބަޔާން ބަލިކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައި ވީ ނަމަވެސް، ދެ ވަނަ މެޗުން ބަލިވެ އެ ޓީމު އޮތީ ތިން ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުން އެސްޓަން ވިލާ މޮޅުވެއްޖެ އެވެ.

އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0ންނެވެ. އެއީ މެޗުގެ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް އެސްޓަން ވިލާ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗު ފަށައިގެން 22 ވަނަ މިނެޓުގައި އެ ޓީމުގެ ޕައު ޓޮރޭސް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އެސްޓަން ވިލާ މޮޅުވި ލަނޑު ޖެހީ ޖޯން ޑުރާން އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ އޭނާ އެ ލަނޑު ޖެހީ މެޗުގެ 79 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޓޮރޭސް އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައި ވީ ނަމަވެސް، ދެ ވަނަ މެޗުން ބަލިވެ އެ ޓީމު އޮތީ ތިން ޕޮއިންޓާ އެކު 15 ވަނައިގަ އެވެ. ބަޔާންގެ މައްޗަށް ކުރި ހޯދައި އެސްޓަން ވިލާ އިން ވަނީ ދެ މެޗުން މޮޅުވެފަ އެވެ. ހަ ޕޮއިންޓާ އެކު އެ ޓީމު އޮތީ ވެސް ހަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް