ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 19:24
7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ބައިވެރިން
7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ބައިވެރިން
ރައީސް އޮފީސް
ޓީޗަރސް ކޮންފަރެންސް
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
60 ދިރާސާ ކަރުދާހާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވޭ
2 ކީނޯޓާއި، 2 ޕެނަލް ޑިސްކަޝަން ކުރިއަށްދާނެ

މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފިއެވެ.

މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސްއެކެވެ. ސީއެޗްއެސްއީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވަނީ ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަކަމާއެކު، ތަފާތުކުރުމެއް ނެތި، ޝާމިލުވެއްޓެއްގައި ތަޢުލީމު ޙާޞިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ އުނގެނުމާއި އުނގަންނައިދިނުމަށާއި، ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ދިރާސާތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ދިރާސާތަކުގެ ސަބަބުން މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރު މި ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރކޮށްފައިވެ އެވެ. އަދި 60 ދިރާސާ ކަރުދާހާއި، 4 ކޭސް ސްޓަޑީ ހުށަހެޅުމުގެ އިތުރުން، 2 ކީނޯޓާއި، 2 ޕެނަލް ޑިސްކަޝަން ކުރިއަށްދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް