ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 09:37
ރެއާލަށް ކުޅެމުން އަންނަ ޑެނީ ކާވަހާލް
ރެއާލަށް ކުޅެމުން އަންނަ ޑެނީ ކާވަހާލް
ރޮއިޓާސް
ރެއާލް މެޑްރިޑު
ކާވަހާލްގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ފަށަނީ
ރެއާލްގެ އެއްބަސްވުން އައު ކުރަން ކާވަހާލް ވެސް ބޭނުންވާއިރު، އެހެން ކުލަބަކަށް ބަދަލުވާން އޭނާގެ ޝައުޤުވެރިކަން ނުހުންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ޑެނީ ކާވަހާލްގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ފަށަން އެ ކުލަބުން ތައްޔާރުވެއްޖެ އެވެ.

އުމުރުން 32 އަހަރުގެ ކާވަހާލް ރެއާލަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ކާވަހާލް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ކާވަހާލްގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، ރެއާލުން ތައްޔާރުވަމުން އަންނަނީ އައު އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ފެށުމަށެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އައު އެއްބަސްވުމެއްގެ މަޝްވަރާތައް ފަށަން ރެއާލް އިން ތައްޔާރުވަމުން އަންނައިރު، ކާވަހާލް ވެސް ހުރީ އެ ކުލަބުގައި ހިތްހަމަ ޖެހިގެންނެވެ. ރެއާލްގެ އެއްބަސްވުން އައު ކުރަން ކާވަހާލް ވެސް ބޭނުންވާއިރު، އެހެން ކުލަބަކަށް ބަދަލުވާން އޭނާގެ ޝައުޤުވެރިކަން ނުހުންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ކާވަހާލް ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 425 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. މިހާރު ރެއާލާ އެކު ކާވަހާލް އޭނާގެ 12 ވަނަ ސީޒަން ހޭދަ ކުރަމުންދާއިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭނެ އެވެ. ޚާއްސަކޮށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ކާވަހާލް ވަނީ ރެއާލާ އެކު 26 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.

- ކޮމެންޓް