ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 12:40
2015 ވަނަ އަހަރު ބޭއްވި ނައިޓް މާކެޓްގެ ތެރެއިން
2015 ވަނަ އަހަރު ބޭއްވި ނައިޓް މާކެޓްގެ ތެރެއިން
ރާއްޖެއެމްވީ
ނައިޓް މާކެޓް
ނައިޓް މާކެޓް ސިނާއީ ސަރަހައްދުގައި ބާއްވަން ނިންމައިފި
ނައިޓް މާކެޓް ފަށާނީ ނޮވްމެބަރު 15ގައި

ނައިޓް މާކެޓް, މާލޭގައި އަލަށް ހިއްކި ސިނާއީ ސަރަޙައްދުގައި ބޭއްވުމަށް  ތައްޔާރުވަމުންދާ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.;

 

އެ ޖަމިއްޔާއިން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި އެޖަމިއްޔާގެ ބޯޑު މެންބަރު އަބްދުލް މާނިއު ވިދާޅުވެފައިވަނީ ނައިޓް މާކެޓް ފަށާނީ ނޮވެމްބަރ 15 ވަނަ ދުވަހު ކަމަށެވެ.

 

އަދި އެހެން އަހަރުތަކަށް ވުރެ ގިނަ މޭޒުތައް މިއަހަރުގެ މާކެޓުގައި ހިމެނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށާއި ނައިޓް މާކެޓުގައި މޭޒު ދޫކުރާނެ އަގުތައް ފަހުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

"ސިނާއީ ސަރަހައްދުގައި ނައިޓް މާކެޓް ބާއްވާނެ ސަރަހައްދެއް ކަނޑައެޅުމަށް މިދަނީ ހައުސިން މިނިސްޓްރީއާއި އެކު މަޝްވަރާ ކުރަމުން. އަދި މޭޒުތައް ވިއްކާނެ ވަކި އަގެއް ކަނޑައެޅިފައި ނުވި ނަމަވެސް ނަން ނޯޓް ކުރެވޭނެ" ބޯޑު މެމްބަރު އަބްދުލް މާނިއު  ވިދާޅުވިއެވެ

 

ނައިޓް މާކެޓްގައި މޭޒެއް ބަހައްޓަން ބޭނުންވާ ފަރާތްތަކުން ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނަންބަރު 3326634 އަށް ގުޅުއްވައިގެން ނަން ނޯޓް ކުރެއްވޭނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 އޯގަސްޓް 2017 | ހުކުރު 01:28
ގާތިލް
އުންގުޅޭ ބާޒާރު