ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 16:28
ރައީސް، ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނު ފާހަގަ ކުރެވެނީ އިންޑިޔާއާ ދުރު ބޭފުޅެއްގެ ގޮތުގައި
ރައީސް، ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނު ފާހަގަ ކުރެވެނީ އިންޑިޔާއާ ދުރު ބޭފުޅެއްގެ ގޮތުގައި
ރާއްޖެއެމްވީ
އިންޑިއާ-ރާއްޖެ ގުޅުން
މުއިއްޒު އޮކްޓޯބަރު ދެވަނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަންނަވަނީ
މި ދަތުރުފުޅުގެ ބޭނުމަކީ މުއިއްޒު އިސް ސަފުގައި ހުންނެވި 'އިންޑިއާ އައުޓް' ކެމްޕޭން އިން ހީނަރުވެފައިވާ ގުޅުން 'ރީސެޓް" ކުރެއްވުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެއް
މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާ އޮކްޓޯބަރ 8 ވަނަ ދުވަހު ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައި
އިންޑިއާ އަށް ކުރައްވާ ފުރަތަމަ ބައިލެޓްރަލް ދަތުރުފުޅު މިހާރު ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 7 ން 9ށް ކަމަށް އިންޑިއާގެ މީޑާއިން ބުނޭ

"އިންޑިއާ އައުޓް" ކެމްޕޭންގެ އިސް ސަފުގައި ހުންނެވުމަށްފަހު، ވެރިކަމަށް ވަޑައިގެން އެ ގައުމަށް ކުރައްވާ ފުރަތަމަ ބައިލެޓްރަލް ދަތުރުފުޅުގައި އޮކްޓޯބަރު ދެވަނަ ހަފްތާގައި ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ދަތުރުފުޅުގެ ބޭނުމަކީ މުއިއްޒު ހިންގެވި 'އިންޑިއާ އައުޓް' ކެމްޕޭން އިން ހީނަރުވެފައިވާ ގުޅުން 'ރީސެޓް" ކުރެއްވުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.

އެންމެ ފަހުން ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް ވަޑައިގަތީ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުގެ މަގާމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

އިންޑިއާ އަށް ކުރައްވާ ފުރަތަމަ ބައިލެޓްރަލް ދަތުރުފުޅު މިހާރު ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 7 ން 9ށް ކަމަށް އިންޑިއާގެ މީޑާއިން ރިޕޯޓްކޮށްފައިވެއެވެ.

މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާ އޮކްޓޯބަރ 8 ވަނަ ދުވަހު ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ. 

Advertisement

އިންޑިއާގެ މީޑިއާ އިން ސިފަކުރާ ގޮތުގައި ޗައިނާކޮޅަށް ބުރަވާ ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރު އިންޑިއާ އާއެކު ރާއްޖެއިން ހަދާފައިވާ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ އެގްރީމެންޓް ބާތިލްކޮށް، އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ތިން އެއަރކްރާފްޓް އޮޕަރޭޓް ކުރަންތިބި 85 އަސްކަރީ އޮފިޝަލުން ރާއްޖެއިން ފޮނުވާލާފައެވެ. މިކަންކަމަކީ ޑރ. މުއިއްޒުގެ ސަރުކާރުން، ރާއްޖެއަކީ އިންޑިއާ އަށް ބަރޯސާނުވާ ގައުމެއްކަން ދެއްކުމަށް އެޅި ފިޔަވަޅުތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މިކަންކަން މިހެން ހިނގާފައިވީ ނަމަވެސް ރާއްޖެއާއި އިންޑިއާގެ ގުޅުން މި ފާއިތުވި މަސްތަކުގައި ރަނގަޅުވަމުން އައިސްފައިވާކަން އިންޑިއާގެ ނޫސްތަކުން ވަނީ ފާހަގަ ކޮސްފައެވެ. 

މިގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު އޮގަސްޓްމަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުވުމުގައި "އިންޑިއާ އަކީ ރާއްޖެއާ އެންމެ ގާތް އެއްގައުމު ކަމަށާއި އެއީ އަގުނުކުރެވޭ ފަދަ ބައިވެރިއެއް،" ކަމަށް ޚުދު ޑރ. މުއިއްޒު ވިދާޅުވެފައިވާކަން އިންޑިއާގެ މީޑިއާ އިން ވަނީ ފާހަގަ ކޮށްފައެވެ. 

ޖައިޝަންކަރުގެ ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާ ދެމެދުވަނީ "ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް" (ޔޫޕީއައި) ސިސްޓަމް ރާއްޖެއަށް ތައާރުފް ކުރުމުގެ އެއްބަސްވުމުގައި ދެގައުމުން ސޮއި ކޮށްފައެވެ.

ދާދިފަހުން އިންޑިއާ އިން ވަނީ ސްކޫކް ބޮންޑް ޑިފޯލްޓް ވުމުން ރާއްޖެ ސަލާމާތްކޮށްދިނުމުގެ ގޮތުން ރާއްޖެއިން އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އިތުރު އެއް އަހަރު ދުވަހަށް ފަސްކޮށްދީފައި ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އޭގެ އިތުރުން މެއި މަހުވެސް 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ފަސްކޮށްދިންކަން ވަނީ ފާހަގަ ކޮށްފައެވެ.                                                                                                                         

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް