Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 18:59
ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ)
ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ)
ޕޮލިސް މީޑިޔާ
މީހަކު ގެއްލިގެން ހޯދުން
ގެއްލިގެން ހޯދަމުން ދިޔަ ސާއިފް ފެނިއްޖެ، ހާލު ރަނގަޅު
ބުދަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ ސާއިފް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް

ގެއްލިގެން ހޯދަމުން ދިޔަ 30 އަހަރުގެ ހއ. ހޯރަފުށި/ ހީރާ، މުޙައްމަދު ސާއިފް ފެނިއްޖެއެވެ.

ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި މާލެއިން ކަމަށެވެ.

ފުލުހުން ބުނީ އޭނާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންނަށް ގުޅި ނަމަ ވެސް ފޯނަށް ޖަވާބު ނުދޭތީ އުތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

Advertisement

ހއ ހޯރަފުއްޓަށް ނިސްބަތްވާ ފިރިހެނަކު ގެއްލިގެން ހޯދަމުންދާކަން ފުލުހުން ހާމަކުރީ ބުދަ ދުވަހުއެވެ.

އެގޮތުން ބުދަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ ސާއިފް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދުމުގެ ކުރިން އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު ހުޅުމާލެ ފޭސް 3 އިން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް