Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 13:04
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
ރާއްޖެއެމްވީ
ސަރުކާރު ޖަވާބުދާރީ ކުރުވުން
މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވާ މަންޒަރު މިއަދު ނުފެނޭ: ޙަސަން ލަތީފް
ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މެމްބަރުން ކުރަންޖެހޭކަމެއްކަންވެސް ބައެއް މެމްބަރުން މިއަދު ޤަބޫލު ނުކުރައްވާ
މިއަދު މަޖިލީހަށް ބަލާލުމުން ސިޔާސީ ޕާޓީތަކެއް ހިމެނޭ ތަނެއްގެ ގޮތުގައި ނުފެންނަ ކަމަށް ވިދާޅުވި

މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވާ މަންޒަރުވެސް މިއަދު ނުފެންނަކަމަށް ދި ޑިމޮކްރެޓްސް ޕާޓީގެ ރައީސް ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޙަސަން ލަތީފް ވިދާޅުވީ، މިއަދު މަޖިލީހަށް ބަލާލުމުން ސިޔާސީ ޕާޓީތަކެއް ހިމެނޭ ތަނެއްގެ ގޮތުގައި ނުފެންނަ ކަމަށާއި، މަޖިލިސް ފެނިގެން ދަނީ ސަރުކާރުގެ ގޮތުގައި ކަމަށެވެ. ނުވިތާކަށް މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވާ މަންޒަރުވެސް މިއަދު ނުފެންނަކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

ދެތިން ޕާޓީއެއް އޮތްތަނެއްވެސް ނުފެނޭ، ސަރުކާރު އޮތްތަން ފެންނަނީ، ކަން ދިމާކުރި ގޮތުން އެތަނުގައި އެ ތިއްބެވި ބޭފުޅުންނަކަށް އަޅުގަނޑަކަށް ނުފެނޭ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް އެއްވެސް ތަނެއް.
ދި ޑިމޮކްރެޓްސް ޕާޓީގެ ރައީސް ޙަސަން ލަތީފް

ޙަސަން ލަތީފް ވިދާޅުވީ، ބައެއް މެމްބަރުން ގެ ވާހަކަތަކަށް ބަލާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މެމްބަރުން ކުރަންޖެހޭކަމެއްކަންވެސް ބައެއް މެމްބަރުން މިއަދު ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި މެމްބަރުންނަކީ ސަރުކާރުކަމަށް ސިފަ ކުރަމުންދާއިރު، އެއީ އުސޫލެއްގެ ގޮތުން ބަލާއިރު ވަރަށް ގޯސް ވިސްނުމެއްކަންވެސް ޙަސަން ލަތީފް ފާހަގަ ކުރެއްވިއެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން އޭރު މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރިކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރަށް ބަލާއިރުވެސް، މަޖިލިސް މެމްބަރުން ސަރުކާރަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވަމުންދާހާ ހިނދަކު ސަރުކާރަށް މަޖިލިސްވެސް ރަނގަޅުވާނެ ކަމަށާއި، ފެންނަމުންދަނީވެސް މަޖިލިސް "ރަބަރ ސްޓޭމްޕެއްގެ" ގޮތުގައި ހިންގަމުންދާތަން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، އަބަދުވެސް ވެރިކަން ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންދާ ކަމަށާއި، އެހެންކަމުން މަޖިލިސް ތެރެއިން ސަރުކާރު ހިންގާތަން ފެނުމަކީ މިއަދު ރައްޔިތުން ހައިރާންވާ ކަމެއްވެސް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް